ފަޔަރ އެންޑް އައިސް (4)

ފަޔަރ އެންޑް އައިސް

ގުޑާލަން ނުކެރި އޮތްވާ އޭނަގެ ގައިމަތީ އޮތް އަޅިކުލައިގެ ރަޖާގަނޑު ތިރިއަށް ދަމައިގަތެވެ. އާރިޒް ފުންމައިގެން ތެދުވެ ހެޑްބޯޑަށް ލެނގިލިއެވެ. އެނދުކައިރީ ހުރި އިސްކޮޅުން ދިގު ޒުވާނާ ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ

"އަލާން...އިޒް ދެޓް ޔޫ..........މިތާ.........." އާރިޒް ހައިރާންކަމާއިއެކު އޭނަގެ އެކުވެރިޔާގެ ނަން ކިޔައިލިއެވެ.

"ބިރުންތަ؟ ޔަ އިޓްސް މީ...އަލާން....އާ ޔޫ ސްކެއާޑް އޮފް މީ ނައު.................... ................" އަލާން އެއް ލޯ މަރައިލިއެވެ. "އައި އެޕޮލޮޖައިސް. އައި ޑިޑްންޓް މީން ޓު ފްރައިޓެން ޔޫ.........."

"ޒޭބްއަށް ސިއްރުން މިފަހަރު މިއައީ. އޭނަ ވަރަށް ނައްޓާނެ.ހުރި އެންމެ އަންހެންކޮއްކޮ ލޯމަތިން ގެއްލޭކަށް ބޭބެމެން ނޭދޭ. އަދި މިގޮތަށް އިންސާނުންނާއި އެކުވެ އުޅުން ރައްކާތެރިކަމަކަށް ނުވެސް ދެކޭނެ. ސީރިޔަސްލީ ޒޭބްކޮއްކޮ ވަރަށް މޮޔަ. އެނގޭތަ؟ ކޮއްކޮ ބުނީ އެންމެ ލައިކްވާ ބޯއިއަކީ އާރިޒްއޭ. މެރީ ކުރާނީވެސް އާރިޒްއާއޭ. އެކަން ކިހިނެއްވާނީ. ނުއެއްވާނެ. އެހެންވެ އަހަރެން ހިތަށް އަރަނީ މަންމަމެންނަށް ސިއްރުން ޒޭބް ގޮވައިގެން އާރިޒްމެންގެ ތެރެއަށް ވިޒިޓް ކުރުމަކީ ކުރެވުނު މޮޔަކަމެއްބާވައޭ، ޝީޒް ފޯލިން ފޯ ޔޫ...................." އަލާން ހުއްޓާނުލައި ވާހަކަދެއްކިއެވެ. " އަދި އަހަރެމެންގެ ހުރޭ ރަފައެލް ކިޔާ ބޭބެއެއް. އޭނަދެކެ ބިރުނުގަންނަ މަޚުލޫގެއް އެހިސާބަކުން ދަތުރެއް ނުކުރާނެ. އެހާ ކުޅަދާނަ ހިތްވަރުގަދަ. ހަގުރާމައެއް ކުރެވިއްޖެއްޔާ ކާމިޔާބު ނުލިބޭފަހަރެއް ނާދޭ. ރަފައެލްގެ ސަބަބުން އަހަރެން އިންސްޕަޔާ ވީ. ކްރައުން ޕްރިންސްވީމަ އޭނަ ވަރަށް އަވަހަށް ކިންގްއަށް ވާނެތީ އެހެންވެ އަހަރެމެންނަށް ނުފޫޒް ފޯރުވާނެ. ބައްޕަ ޝެހެންޝާހަކީ ހަތްކޮއިލުގެ ވެރިޔާ. ބައްޕަގެ ފެވެރިޓް ދަރިއަކީ ރަފައެލް. އެތައް ފިރިހެންދަރިންނެއް ގެ ތެރޭ ހުރި ހަމައެކަނި އަންހެންކުއްޖަކީ ޒޭބް. އެހެންވެ އޭނަ ހިމާޔަތްކުރަން މުޅި އާއިލާއާއި ފައުޖުވެސް ގުރުބާންވެދާނެ. ޚާއްސަކޮށް ރާލްފް. ލޫސިއަސް ޒޭވިއާ ސެލަފިއެލް ޒަފާން ވެސް މިހާރު މާ ޕްރޮޓެކްޓިވްގެން އުޅެނީ. ޒޭބްއަކަށް އެކަނި ނޫން. މަށަށްވެސް އެމީހުންނާއިހެދި މިނިވަންކަމެއް ނޯވޭ. އަހަރެން. އަދި އާރިޒް. އަހަރެމެން ދެމީހުން އެބަޖެހޭ މިނިވަންވާން. ފިރިހެނުންނަށްވާން. އަހަރެމެން ތަންކޮޅެއް ޅަ ވީމަ އަދި ހިތްވަރު ބަލީކަން ނޭގެ. އާރިޒް ބޭނުންތަ އަހަރެމެންގެ ދުނިޔެ ބަލައިލަންދާން؟ "

އާރިޒް ހިމޭންކަން ޚިޔާރުކުރިއެވެ.

"އަހަރެން ސައިކޯވަނީކީ ނޫންބާ. ހަމަ ޚިޔާލަށް ފެންނަ ބަޔެއްކަން ނޭގޭ. އަލާން ހަތްކޮއިލުގެ ވެރި ރަސްކަލެއްގެ ވާހަކަ ދެއްކީމަ ހީވީ ހަމަ ގޭމް އޮފް ތްރޯންސް އަށް ފޯރިހުރިވަރުން ސިކުނޑި އެކަހަލަ ވާހަކަ ކިޔައިދެނީހެން..........." އާރިޒް ހިތާހިތުން ކިޔައިލިޔަސް އެންމެ ލަފުޒެއްވެސް ދުލަކާއި ހަމަޔަށް ނައެވެ. އޭނަ އަނގައިން ނުބުނެ ބަލަން އޮތެވެ. ސިކުނޑީގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ބަޔަށް ޝޮކެއް ލިބި އެ ބައި މަސައްކަތް ނުކުރިފަދައެވެ. އެއްވެސް ހަރަކާތެއްވެސް ނުކުރެވުނެވެ. މުޅި މީހާ ގަނޑުވެފައެވެ. ނޫނީ އޭނަ މިއޮތީ ނިންޖާއި ހޭވެރިކަމައި ދޭތެރޭގެ ސްޓޭޖެއްގައެވެ. ދެބަދޭތެރޭގައި ތާށިވެފައެވެ.

އަހަންނަށް މިއޮތީ ނިދިފައިބާވައެވެ. ނޫނީ ހަމަ ހުވަފެނެއް ފެންނަނީހެއްޔެވެ؟ ނިދީގައި ހިނގާފައެއް އޭނަ އެއްވެސް ތާކަށް ނުދެއެވެ.

"ހާދަ ހާލެއްގައޭ ތިއުޅެނީ؟ އަމިއްލަ މަންމަ އެހާ ރަހުމްކުޑަ ވިޗަކަށް ވެދާނެކަމަށް އާރި ވެސް ހީނުކުރާނަމެއްނު ދޯ.. ބޮޑުވެފައި ހުރި ފިރިހެންދަރިއެއްގެ މޫނުމަތީގައި އެތިފަހަރެއް ޖެހީމަ އަހަންނަށްވެސް ހަމަ ޝޮކެއް ލިބުނީ........." އަލާން ވާހަކަ ކުރިއަށް ގެންދިއައެވެ.

"އަހަންނަށް އެނގޭ އާރި ދެރަވާވަރު. ތިހިތުގައި ހިނގާ ޖަޒުބާތުތައް ލޮލުން ވަރަށް ރީތިކޮށް ކިޔައިދީފި. ގޮތްހުސްވާނެކަމެއް ނެތް އިނގޭ އާރިޒް. އަހަރެން އާރިޒްއަށްޓަކާ ފުރުސަތު ހޯދަދޭނަން. ހިތްވަރުކޮށްލާފައި ކިޔަވާ. މިއުޒިކްދާއިރާއިންވެސް ކުރިއަށް ދޭ. ލަވަކިޔުންތެރިއަކަށްވެ ސްޓޭޖް ފަޅުފިލުވަންފެށީމަ ސެލެބްރިޓީ ދަރިފުޅާއިހެދި މަންމަވެސް ފަޚުރުވެރިވެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނެ. އަންހެންކުއްޖެއްހެން ރަނޑުވެގެން މުސްތަގުބަލެއް ނުހޯދޭނެ. ކުރިމަގާއިމެދު ވިސްނާ. ލަވައަށް ސަމާލުކަން ދީ. އަހަރެން އެހީތެރިވެދޭނަން..........."

"އަދި އެއް ވާހަކަ. އާރިޒްއަށް އަދި އާރިޒް ކާކުކަމެއް ނޭގޭ. އެގުނީމަ އަދި ވަރަށް ކަންތައް އޮންނާނެ ދޯ..........." އަލާނިއަލް ހިނިގަނޑެއް ޖަހައިލިއެވެ.

އަލާން ވާހަކަދައްކަމުންގޮސް ލޯ މައްޗަށް ގެއްލުނީ މަޑުމަޑުން ފޭދެމުންގޮސް ވައިގެ ތެރެއަށް ތަހުލީލުވީ ފަދައިންނެވެ. ނޫނީ އޭނަގެ ސިކުނޑީގެ "ޚިޔާލީ ދުނިޔެ" އެވަގުތަށް ތަޅުލެވުނީބާވައެވެ. ލޮލަށް ފެންނަ މަންޒަރުތައް ގަބޫލުކުރަން އާރިޒްވެސް ތައްޔާރެއްނޫނެވެ. އާރިޒް ފުންނޭވައެއް ދޫކޮށްފައި މަޑުމަޑުން ތެދުވެ ކުޑަދޮރުގެ ތަންޑުތައް ޗެކުކުރިއެވެ. ތަންޑުތައް ނާޅުވާ އެންމެ ދޮރެއްވެސް ނެތެވެ. އެނދަށް ވެއްޓިގަތްގޮތަށް އަލާނިއަލް ދެއްކި ވާހަކަތަކާއިމެދު ވިސްނައިލަން މަޖުބޫރުވިއެވެ. އޭނައަށް އޭނަ ކާކުކަމެއް ނޭގެއޭ ބުނި ތަންކޮޅުގެ ތަފްސީލު ހޯދަން ބޭނުންވިއެވެ. ނަމަވެސް އެދިޔައީ އޭނަ ތަޅުވާލާފައެވެ. މީހަކު މޮޔަވެދާނެއެވެ. އަލާނިއަލް ބުނިފަދައިން މަންމަގެ ސަބަބުން ވިއްސިވިހާލެވިފައިވާ އުއްމީދުތަކުގައި ކުލަ ޖައްސަން އޭނަ އާ އަޒުމެއްގައި ފަށަންވީ ބާވައެވެ. ލަވަކިޔުންތެރިއަކަށްވެ ޕައިލެޓަކަށްވެސް ވެވިދާނެ ނޫންހެއްޔެވެ؟ ލަވައަކީ އޭނަގެ ހޮބީއެވެ. ޕައިލެޓްކަމަކީ ވަޒީފާއެކެވެ. އަލާނިއަލްއަށް ވެވިދާނެ އެހީތެރިކަމެއްގެ ވާހަކަ ނުބުނެ އޭނަ ހަމަ އެހާ ފަސޭހައިން ރައްކާވީހެއްޔެވެ؟ އާރިޒް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު އަލާނިއަލް ދެއްކި ވާހަކަތައް ތަކުރާރުކޮށް އޭނަގެ ސިކުނޑީގައި ހިނގިއެވެ.

ފުރުގާން އެނބުރި އައުމާއެކު އާޔާ އޭނަގެ ބައްޕައަށް އެތައް ޝަކުވާއެއް ހުށަހެޅިއެވެ. ފުރުގާން ދަރިފުޅަށް ވައުދުވީ އާރިޒް އެގެއިން ނެރެލާނެކަމުގައެވެ. އާޔާ ކާފޫރުފޮނިތޮށި ލާފައި އެރޭގެ ހާދިސާގެ ތަފްސީލްވެސް ކިޔައިދިނެވެ. އޭނައަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާ ކަމަށްވެސް ބުނިއިރު އެސްފިޔަތައް ތެމުނެވެ. އޭނަގެ ބައްޕައަށް ކަރުނައިން އަސަރުކުރާނެ ވަރު އާޔާ ދަނެއެވެ. އާރިޒްދެކެ ރުޅިއަންނަނީ ޖިންނިއަކާއި ވައްތަރުވާތީކަމުގައި ބުނުމުން ފުރުގާން ހިނިއައެވެ. ޖިންނިންނަކީ ޚިޔާލީ ވާހަކަތަކެއް ކަމަށާއި އިންސާނާގެ ސިކުނޑީގައި އުޅޭ ބަޔެއްކަމުގައި ބުނުމުން އާޔާއަށް ބައްޕައާއި ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އޭނަ އަދި ރަގަޅު ވަގުތެއް ލިބުމުން ބައްޕައަށް ޖިންނި ސޫރަތް ކިޔަވައިދޭނީއެވެ.

ހޫނުމޫސުމްގެ ކޭމްޕެއްގައި ދާންވުމުން އާރްޔާ ނިކަން ފޯރީގައި ތައްޔާރުވިއެވެ. އެ އަޅިކުލައިގެ ބޮޑު ބޮޑު ދެލޮލުގެ ވިދުވަރު ނިކަންގަދައެވެ. ދެދަރިންނަށް އޭނަގެ ރީތި ދެލޮލުގެ ކަޅި ލިބިފައިވުން ބަލްސަމް ފަޚުރެއްގެ ގޮތުގައި ދެކެއެވެ. ކުޑައިރުއްސުރެން އެލޮލުގެ ރީތިކަން އިތުރުވާނެގޮތަށް އަނދުން އަޅުވަން ބަލްސަމްވަނީ ދަރިންނަށް ދަސްކޮށްދީފައެވެ.

"ވަރަށް މިސްވާނެ ދަރިފުޅާ. އެކަމަކު މަޖާކޮށްލަންވާނެ އިނގޭ................." ބަލްސަމް އާރްޔާ ގެނެސް މޭގައި ޖައްސައިލިއެވެ. ފުރުގާންވެސް އާރްޔާގެ ނިތްކުރީގައި ބޮސްދިނެވެ. ލޯބިވާ ވާހަކަ ބުނެލިއެވެ. ތިން ކުދިންނަށްޓަކާ ފުރުގާންގެ ހިތުގައިވާ ލޯބި އެއީ އެއްވެސް ބަޔަކަށް އޮޅިފައިވާ ޖަޒުބާތެއް ނޫނެވެ. އެކުދިންނަށްޓަކާ ފުރުގާން ޖާނުން ގުރުބާންވެދާނެއެވެ. އެކުދިންވެސް މަންމައަށްވުރެ ބައްޕައާއި ހެދި އުޅޭކަން ބަލްސަމްދަނެއެވެ.

"އާރްޔާ. ހަނދާންކޮށް ދަތުރު ދުޢާކުރައްޗޭ. ކޮންމެ ތާކު ހުއްޓަސް ވަގުތުން ނަމާދުކުރާތި..................."މާމަ ނޫރިއާ ހަދާންކޮށްދިނެވެ. އާރްޔާ އޭނަގެ މާމަ ގައިގާ ބާރަކަށް ބައްދައިގަތެވެ.

ދުއްވާ އުޅަދަކަށް އަރާ ކޮންމެ ފަހަރަކު ދުޢާކުރަން ނޫރިއާ ކުދިންނަށް ހަނދާންކޮށްދިން އަދަދެއްވެސް ނޭގެއެވެ. ގެއަށް ވަންނައިރު އަދި ނިކުންނައިރުވެސް ދުޢާކުރުމުން ގެއަށް ބަރަކާތްލައްވާނެ ކަމަށާއި ހަޔާތުގެ ކޮންމެ ކަމެއްގައި މާތްﷲއަށް ދުޢާކޮށް ހަދުމަކުރުމަށް ނޫރިއާ ބުނެދެއެވެ. ދީނަށް އުޅޭ މީހުންނަށްވެސް އިމްތިހާނުތައް ކުރިމަތިވެދާނެއެވެ. ނަމަވެސް ވައްކަންކުރުމާއި ގެ އަނދައިގެން ދިޔުންފަދަ ހާދިސާތައް އަދި އެކްސިޑެންޓްތައް ހިނގަނީ ގިނަފަހަރަށް ދުޢާތައް ނުކުރުމުގެ ސަބަބުންކަމަށް ނޫރިއާ ގަބޫލުކުރެއެވެ. އޭނަގެ ދިރިއުޅުން އުޖާލާވުމުގެ ސިއްރަކީ އޭނައާއި ހެއްދެވި ފަރާތާއި އޮތް ގުޅުމެވެ. އޭނަގެ ސަބަބުން މާމަ ދަރިންތައް ބޮޑެތިވަމުން އަންނަވަރަކަށް ދީނީ ކަންތައް ދަސްވެ ދީނަށް ކުރާ ލޯބި ބޮޑުވިއެވެ. އެކުދިން ބުރުގާ އަޅުވަން ނޫރިއާ ބާރުއަޅައެވެ. އެކަންނުވެފައި އޮތީ އަދި ބަލްސަމްގެ ސަބަބުންނެވެ. ޔޫރަޕްގައުމެއްގައި އިސްލާމްފޯބިއާ ފެތުރެމުން އަންނައިރު ބުރުގާ އެޅުމުން ކުދިންނަށް އުޅެން ދަތިވެދާނެއޭ ކިޔާފައި ބަލްސަމް އަދި އޮތީ އެކަންތައް ލަސްކޮށްފައެވެ.

ފުރުގާންއާއި އާއިލާ އެއްކޮށް ޕޯޓިކޯގައި ސަޔަށް އިންސާފުކުރުމަށްފަހު އެންމެން ގޮސް ހުސްވުމުން ދެމީހުން އެކަނިވިއެވެ. ފުރުގާން ސުވާލުކުރީ އާރިޒްއާއި ބެހޭގޮތުންނެވެ. ބަލްސަމް ޖަވާބުދިނީ މަންމަގެ ޒަކާތުފަންޑުގައި އެކުއްޖާ ކިޔަވަން އައީކަމަށެވެ. ޚާދިމެއްގެ ގޮތުގައިވެސް ހުންނާނެކަމުގައެވެ. އެވަރުން ފިރިހެންކުއްޖަކަށް ޒަކާތުގެ ފަންޑުން ކިޔައްވަން އުޅުމުން ފުރުގާންގެ ހިތުގައި ސުވާލުތައް އުފެދުނެވެ.

"ކާކުގެ ދަރިއެއްތަ؟ " ފުރުގާން އެހިއެވެ. އެސުވާލުން ބަލްސަމް ސިހުމާއިއެކު ސިކުންތުކޮޅަކަށް ނަމަވެސް ބިރާއި ކުށުގެ އިހުސާސް އެ ދެލޮލުން ފެނިލާފައި ގެއްލިއްޖެއެވެ.

"ފްރެންޑެއްގެ ދަރިއެއް. އޭނަ މަންމަ ކިޔަނީ ހުސްނާއަށް............" ބަލްސަމްގެ އަޅި ދެލޮލަށް ވަންނިއެއްވެސް ނާރުވާ ދޮގެއްހެދިއެވެ.

"ތިނަންކިޔާ އެކުވެރިއަކު ގެންގުޅުނީ ފޮރުވައިގެންތަ؟ އަލަށްވިއްޔަ ތި މީހެއްގެ ނަން އިވުނީ.............." ފުރުގާން ވިސްނުންތެރިކަމާއިއެކު މޫނަށް ބަލަންފެށުމުން ބަލްސަމް ސައިތަށި ތުނބުގައި ޖެހިއެވެ. ފުރުގާންއަށް އެ ސިއްރު އެނގިއްޖެއްޔާ ދުވަހަކު އޭނައަށް މާފުކުރުމެއް ނުވާނެއެވެ. ފުރުގާން ކޮންމެ ގޮތަކަށް އުޅުނަސް އޭނަ އެންމެ ފޫހިވާ ސިފައަކީ ދޮގުހެދުމެވެ. މިހާރު މާ ލަސްވެއްޖެއެވެ. ބަލްސަމް އިރުކޮޅެއްވާންދެން ހިމޭންކަން ޚިޔާރުކުރިއެވެ.

"ބެލްސް. އަހަރެމެންގެ ތިބީ އަންހެންދަރިންނޭ. އަންހެންކުދިންނެއްގެ ތެރެއަށް ފިރިހެނަކު ގެނައީމަ އެކުދިންނަށް މިނިވަންކަމާއިއެކު އުޅެވޭނެތަ؟ ކޮންމެގޮތެއްވިޔަސް ހިލޭ މީހަކަށްވާނީ. އަދި އަހަރެންގެ އަންހެންދަރިއަކު ފަގީރަކާއި އިންނާނަކަށް ނުރުހެން......."ފުރުގާން ހިތުގައިވާ ރުޅިވެރިކަން ހާމަކުރިއެވެ.

"ތިހާ ރޭސިސްޓްވާކަށް ނުވާނެ..." ބަލްސަމް ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ.

"ފަގީރުންނަށް ދެރަބަހެއް ބުނާކަށް ނޫން. އެންމެންނެއް ބެލްސް ހެނެއް ނުވާނެ. އެމީހުން މުއްސަދިކުދިންނާއި އިންނާނީ ލޯތްބަކުން ނޫނޭ. ފައިސާއާއި ގެދޮރުގެ ބޭނުމުގައިކަން ވިސްނައިލިޔަސް އިނގޭނެ. އަހަރެންގެ ދަރިން އިންނަން ޖެހޭނީ އެކުދިންނަށްވުރެ މުއްސަދި ކިޔަވައިގެން ތިބި މީހުންނާ. ޚާއްސަކޮށް ރާއްޖޭ މީހުންގެ ވައްތަރު މަށަށް އެނގޭ. ބެލްސް ތިހާ މޮޔަކަމެއް ކޮށްފާނެކަމަކަށް ހިޔެއްނުކުރަން........." ފުރުގާން ބޯ ހޫރައިލިއެވެ.

"އެފިރިހެނަކާއި އަނގަ ތަޅާއިރު އެއީ ހުއްދަކަމެއް ނޫންކަމެއް ނޭގޭތަ. " ފުރުގާން އެހިއެވެ.

ބަލްސަމް ހިނިގަނޑެއް ޖަހައިލިއެވެ. އޭނަގެ މައިދައިތަ މިގޮތަށް ހޭއަޑު އިވިއްޖެއްޔާ ވަގުތުން މަނާކުރާނެއެވެ. ބާރަށް ހުނުމަކީ ސުންނަތާއި ޚިލާފު ކަމެކެވެ.

"ފުރުގާން. ހީޒް ޖަސްޓް އެ ކިޑް....."

"ލުކް ބަލްސަމް. އާޔާވެސް އެ މީހަކު ދެކެ ބިރުން އުޅެނީ. ނައިޓްމެއާސް ފެންނަނީޔޯ. އެހެންނޫނަސް މަގޭ އަންހެނުންނާއި ދަރިން އުޅޭތަނެއްގައި ހިލޭ ފިރިހެނަކު ބަހައްޓާކަށް ހިތް ހަމައެއް ނުޖެހޭ. ވީހާވެސް އަވަހަށް ތިބުނާ ފިރިހެންކުއްޖާއަށް ތަނެއް ހޯދާފައި މިގެއިން ނެރޭ. އަހަންނަކަށް ތިކަމެއް ގަބޫލުނުކުރެވޭނެ. އެކުއްޖާ ގެނައުމުގެ ކުރިން އަހަރެން ގާތުން ހުއްދަ ހޯދާކަށް ނޭގުނު......" ފުރުގާން ލޯ ހަނިކޮށްލާފައި ތަންކޮޅެއް ހަރުކަށިވެލިއެވެ. އަދި މޭޒުމަތީ އަތުންޖެހިއެވެ.

"އެވަރު ކަމަކާއި ހުއްދަ ހޯދަން ޖެހޭ ކަމަކަށް ނުދެކުނީ...."

"ޓްރަސްޓް މީ. އެކުއްޖާގެ ފަރާތުން ނުރުހެވޭ އެއްވެސް އަމަލެއް ފެނިއްޖެއްޔާ އަނބުރާ ފޮނުވާލާނަން. މިއީ ވައުދެއް. ޑާލިން ރުޅިތަ........" ބަލްސަމް މަޑުމަޑުން ފުރުގާންގެ މޫނުގައި ހިފާފައި އޭނައައި ދިމާލަށް އަނބުރުވައިލިއެވެ. އަދި އެސްފިޔަތައް ޖަހައިލީ އިޝްގީގޮތަކަށެވެ. އޭނަގެ ލޮލުގެ ޖާދޫއިން ފުރުގާންގެ އެންމެ ނުރައްކާތެރި ރުޅިވެސް ފިނިކޮށްލެވޭނެކަމުގެ ފުރިހަމަ ޔަގީންކަމެއް ބަލްސަމްއަށް ވެއެވެ. އެހިތާއި ހަމަޔަށް އޭނަ ފޯރީވެސް ލޮލުގެ ކަޅި ރަވައިގެ އެހީގައެވެ.

އާރިޒްގާތު މަންމަ ކާން ބުނެފައި އޮތްގަޑިއަށް ކާކޮޓަރިއަށް ދާންވެގެން އެނދުން ތެދުވާން އުޅެނިކޮށް މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ. އެފިޔަވަޅު އެނދާއި ހަމަޔަށް އަންނަންދެން ހިމޭނުން އޮތެވެ. ކޮޓަރިތެރެ އެހާ ހިމޭންކޮށް އޮތީމަ ކިތަންމެހާ ރީތިކޮށް ފިޔަވަޅުތަކުގެ އަޑު އިވުނެވެ.

"އަލާން....." އާރިޒު ގޮވައިލިއެވެ. އިންތިޒާރުގައި އިރުގަނޑެއް ވީއިރުވެސް އަލާނިއަލްގެ ޚަބަރެއްނުވިއެވެ. އޭނައާއި ވާހަކަދައްކާލަން ހިތް އެދެންފެށިއެވެ. ދުވަހަކު ނުވާހާ ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ. އޭނަގެ ސިކުނޑިއަށް ފެންނަ އަލާނިއަލް އެއް ތޯ ނުވަތަ ނޫންތޯ ޔަގީންކުރަން އެބަޖެހެއެވެ. އޭނައާއި ބެހޭގޮތުން އަލާނިއަލްއަށް އެނގެނީ ކޮންފަދަ މައުލޫމާތެއްކަން އެނގެންވެސް ބޭނުމެވެ. އާރިޒު އެތައް ފަހަރު އަލާންއަށް ގޮވިއެވެ. އެންމެ ފަހަރަކުވެސް ފެނިލުމަށް އެދުނެވެ. ގާތްގަނަޑަކަށް އާދޭސްކުރެވުނެވެ. އަލާނިއަލްގެ ޚަބަރެއްނުވުމުން މާޔޫސްވެ އިސްތަށިގަނޑުތެރެއަށް އަތް މަހާލައިގެން އިރުކޮޅެއްވާންދެން އިނދެވުނެވެ. އެއަށްފަހު ކާންދާން ނިންމިއެވެ. ކޮރިޑޯއިން ހިނގައިގަތްތަނާ ބަރު އަޑަކުން އޭނަގެ ނަން ކިޔާފައި ގޮވާލުމާއެކު އާރިޒްއަށް ހީލެވުނެވެ. ކޮރިޑޯގައި އޮތް އަނދިރި ބޮކީގެ އަލީގައި ފޫޓެއްހާ ދުރުމިނުގައި އަލާނިއަލް ހުރީ ހަށަން ބަދެލައިގެންނެވެ. ފޮނިގޮތެއް އެމޫނުގައި ހުރެއެވެ.

"އަލާން....ކިތައް ފަހަރު ގޮވީމަ އަންނަން އެގުނީ......."

"އެވަރަށް ބޭނުންތަ." އަލާންއަށް މަޖާވި ކަހަލައެވެ.

"އަލާން އަނގަ ތަޅުވާވަރުން އެކަނިވެރިން ފޫހި ފިލާނެ ހެހެ. ކުޑައިރު އުޅުނުހެން ފްރެންޑުންގެ ގޮތުގައި އުޅެން ބޭނުމޭ ބުނެފިއްޔާ.............." އާރިޒު އަތްދިއްކޮށްލިއެވެ. އަލާނިއަލްގެ ގައިގާ އަތްލާން ބޭނުންވިއެވެ. އަލާނިއަލް ހީލާފައި ދެތިން ފިޔަވަޅު ފަހަތަށް ޖެހުނެވެ. އޭނަގެ ލޮލުގައި ލާނެތްކަމެއް ހުއްޓެވެ.

"އެއީ ކެނޑޭނެ ގުޅުމެއް ނޫނޭ އާރިޒް......."

"ޒޭބް ނާދޭތަ؟ " އާރިޒް އެހިއެވެ.

"އަހަރެން ބުނީމެއްނު. ޒޭބްގެ ބޮޑީގާޑުން އޭނަ އެއްވެސް ތާކަށް ދިޔަ ނުދޭ"

އާރިޒު އެކަނިމާއެކަނި ހުރެ ވާހަކަދައްކާތަން ފެނުނީ އެ މަންޒަރު ބަލަން ކުޑަދޮރުގެ ނިވަލުގައި ހުރި ފުރުގާންއަށެވެ. ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ހުރެ ވާހަކަދައްކަމުން ދިޔައީ ނުފެންނަ ފަރާތަކާއެވެ. އާރިޒް ފެނުމުން އާޔާ ބިރުގަތީ ކީއްވެކަން އެނގުނެވެ. އޭނަގެ ހަރަކާތްތަކަށް ފާރަވެރިވެގެން ފުރުގާން އިރުކޮޅަކު ހުރުމަށްފަހު މިޒުވާން ފިރިހެންކުއްޖާގެ ނަފްސާނީ މައްސަލައެއް ހުރިކަން ޔަގީންވިއެވެ. އޭނައަކީ ނަފްސާނީ ޑޮކްޓަރަކަށްވާތީ ތަފާތު އެތައް ކޭސްތައް ފެނިފައިވެއެވެ. ބަލްސަމް ކޮންތާކުން ގެނެސްގެން އުޅޭ ކޮންކަހަލަ ފިރިހެންކުއްޖެއްހެއްޔެވެ. ގުރައިދޫއިން ކަން ނޭގެއެވެ. އާރިޒްގެ ލޮލާއިއެކު މޫނުން ބޮޑުބައެއްގައި އުފަން ލައް ހުރުމުން މޫނުގެ ރީތިކަން އެއްކޮށް ފޮރުވާފައިވެއެވެ. ނަމަވެސް އެހެރަ ސްމާޓްކަމެކެވެ. އިސްތަށިގަނޑު ހޭވިފައި އޮތްއިރު ބައެއް ނިތުމައްޗަށް ވެއްޓިފައެވެ. އަންހެންކުދިން އަޅައިގަންނާނެފަދަ ރީތި ހަށިގަނޑެއް އާރިޒުގެ ހުރުމުން ފުރުގާންގެ ހިތުގައި ބިރުވެރިކަން ހިގާލައިފިއެވެ. އޭނަގެ ފުރާވަރުގެ ކުދިންނަށް އެކުދިންގެ މަންމަ ކުރިމަތިކުރުވީ ކޮންފަދަ ބޮޑު ނުރައްކަލެއްހެއްޔެވެ؟ އަދި އެވަރުން ނުވެގެން ފިރިހެންކުއްޖެކެވެ. މިކަމާއި ބޯ ގޮވާވަރުއެބަވެއެވެ. ނުދަންނަ ބީރައްޓެއްސަކަށް އިތުބާރުކޮށްފައި ބަހައްޓަން ހަދައިގެން ލަނޑެއް ލިބިދާނެއެވެ.

ފުރުގާން މި ޒުވާނާއާއި ވާހަކަދައްކާލުމުގެ ނިޔަތުގައި ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ.

(ނުނިމޭ...)

https://sun.mv/119133

comment ކޮމެންޓް