ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕުން 30 ޕަސެންޓު އަންހެނުންނަށް ހާއްސަކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.
ކައުންސިލުތަކުގައި އަންހެނުންގެ ހިއްސާ 33 ޕަސެންޓް އޮންނަން ޖެހޭ ގޮތަށް ސަރުކާރުން ވަނީ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ.
އަކްރަމް 'ސަން' އަށް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކަ ދައްކާއިރު އެކަމަށް އަމަލީ ސިފައެއް އައިސްފައިވާތަން ފެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ޕާޓީތަކުގެ ކައުންސިލާއި ލީޑަޝިޕުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ކަމަށް އަކްރަމް ވިދާޅުވި އެވެ
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އަންހެނުންނަށް ޕާޓީތަކުގެ ކުރީ ސަފުން ފުރުސަތު ހޯދައި ދިނުމަށް ޕާޓީތަކާ އެކު ފެށޭ ހަފްތާގައި މަޝްވަރާ ތަކެއް ފެށިގެން ދާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައިވެސް އަދި ޕާޓީތަކުގެ އިސް ސަފުންވެސް އަންހެނުންނަށް ފުރުސަތުތަކެއް ލިބިގެން ދިޔުން." އަކްރަމް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ އަންހެނުން މަދެވެ.
comment މުހއްމަދު
6 year 11 month ago
ކަލޯ އިސްތިއުފާދީފަ ތިމަގާމަށް އަންހެންނެއް ގެންނައްވީނު
comment އިބްރާހީމް މުހައްމަދު ސޯލިހް
6 year 11 month ago
ކަލޯ އަންހެނުން ފަހާގަތީތަ. ނޫނީ އެމީހުންގެ ފަރާތުން ހިދުމަތެއް ބޭނުންވީތަ. ހާދަ ހީވެޔޭ ގޯހެއް އުޅޭހެން.
comment ސދފ
6 year 11 month ago
އެއިރުން މިވެރިކަން ދެމެހެއްޓޭނީ، އަދި ޕްރެޝަރ އެއް ނުކުރެވި ހިތުހުރި ގޮތަކަށް ކަންކަން ކުރެވޭނީ
comment ގައުމީލޭ
6 year 11 month ago
މޮޔަނުގޮވާ އީސީގަ ކުރާނެ ކަމެއް ނެތިއްޔާ މުސާރައާއި މޭޒުދަށުން ދަމާ ބައި ދަމަދަމަ ގޭގަ ތިބެބަލަ. ޕާރޓީ ތަކުން ވަކި މިވެނި އެވެނި ވަރެއް އެއްވެސް ފަރާތަކައް ދޭކައް ނުޖެހޭނެ. އެ މަގާމަކައް ގާބިލުމީހުން ކުރިމަތިލީމަ އާންމު ވޯޓް އަކުން ހޮވާނެ.
comment ރޭނިސް ސަލީމް
6 year 11 month ago
ގާނޫނަކުން ފިރިހެނުން ވިހާގޮތައް ހަދާބަލަ
comment ކުކުރަމް
6 year 11 month ago
ކޮމިސަނުގެ %45 ޕަސެންޓް އަންހެނުންނަށް ދޭންޖެހޭ