ރާހުލް ގާނދީގެ ރައްޔިތުކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި

ރާހުލް ގާނދީ އާއި އޭނާގެ މަންމަ ސޯނިޔާ ގާނދީ: ފޮޓޯ: އޭޕީ

އިންޑިއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ރާހުލް ގާންދީގެ ރައްޔިތުކަމާ މެދު ސުވާލު އުފައްދައި ހުށަހެޅި ޕެޓިޝަން އެގައުމުގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ ޕެޓިޝަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އިންޑީއާގެ ވެރިރަށް ނިއުދިއްލީގެ ދެ މީހެކެވެ. އެ މީހުން އެދިފައިވަނީ ރާހުލް އިނގިރޭސިވިލާތުުގެ ރައްޔިތުންކަން އޮވޭތޯ ބަލައި ތަހުގީގުކުރުމަށެވެ. އަދި އޭގޭ އިތުރުން މިހާރު އިންޑިއާގައި ހިނގަމުންދާ އާއްމު އިންތިހާބުގައި ރާހުލް ގާނދީ ވާދަކުރައްވާ ދާއިރާކަމަށްވާ އަމެތި އެންޑް ވަޔަނެދްއަށްގެ ދާއިރާއަށް ވާދަކުރެވިދާނެތޯ ބަލައި އެ ޖާގަ އެހެން މީހަކަށް ދިނުމަށް އެ ޕެޓިޝަންގައި ވަނީ އެދިފަ އެވެ.

އިނގިޜޭސިވިލާތުގެ ކުންފުންޏަކުން 2005- 2006 އާ ދެމެދު ނެރެފައިވާ ޑޭޓާތަކާ ހަވާލާދީ އެ ޕެޓިޝަން ހުށަހެޅި މީހުން ބުނީ ރާހުލް ގާނދީ އިނގިރޭސިވިލާތުގެ ރައްޔިތުކަން އޮންނަ ކަމަށެވެ.

އެ ޕެޓިޝަނަށް ރައްދުދީ ސުޕްރީމްކޯޓުން ބުނީ އެ ޕެޓިޝަންތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ހަމަ ކުންފުންޏަކުން ރިޕޯޓްއެއް ނެރެފައި ރާހުލް ގާންދީއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކޭ ބުންޏަސް، ހަމަ ރާހުލްއަކީ އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވާނެތަ؟" ސުޕްރީމް ކޯޓުން ބުންޏެވެ.

މީގެ ކުރިން ވެސް ރާހުލް ގާނދީއަކީ އިނގިރޭސިވިލާތުގައި ރައްޔިތުކަން އޮންނަކަމަށް ބުނެ ގިނަ ބަޔަކު މައްސަލަތައް ހުށަހަޅާފައިވެ އެވެ. އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ޕާލިމަންޓަރީ މެމްބަރު ސުބްރަމާނިއަން ސުވާމީ ވެސް ވަނީ ރާހުލް ގާންދީ އިނގިރޭސިވިލާތުގައި ރައްޔިތުކަން އޮންނަ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އިންޑިއާގެ ރައްޔިތުކަން އޮންނަ މީހުންނަށް އެހެން ގައުމެއްގެ ރައްޔިތަކަށް ނުވެވޭނެެ އެވެ. އަދި އެ ގޮތަށް އެހެން ގައުމެއްގެ ރައްޔިތުކަން އޮންނަނަމަ އިލެކްޝަންތަކުގައި ވެސް ވާދައެއް ނުކުރެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް