ޕެޓްރޯލާއި ޑީސަލް އަގުބޮޑު ކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ: އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީޝަލްގެ އަގު ވަނީ ބޮޑު ކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުކުރަން އެ ކުންފުނިން ނިންމައިފިއެވެ.

އެސްޓީއޯއިން ބުނީ، ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދު (އޯޕެކް)އިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމާއި، އިރާނުން އުފައްދާ ތެޔޮ ގަންނަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި މި މާޗް މަހުން ފެށިގެން ތެލުގެ އަގު އަންނަނީ ބޮޑުވަމުން ކަމަށެވެ.

އެހެން ކަމުން ތެލުގެ އަގު ބޮޑު ކުރުމަށް ނިންމީ އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެގޮތުން ޑީސަލް ލީޓަރަކުން 50 ލާރި ބޮޑު ކޮށްފައިވާއިރު ފެޓްރޯލް ލީޓަރަކުން ވަނީ 70 ލާރި ބޮޑު ކޮށްފައެވެ. އެހެން ކަމުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.11 ލާރިއަށެވެ. އަދި ފެޓްރޯލް ލީޓަރެއް ލިބޭނީ 11.49 ލާރިއަށެވެ.

އެންމެ ފަހުން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 11.61 ލާރިއަށެވެ. އަދި ފެޓްރޯލް ލީޓަރެއް ވިއްކާފައި ވަނީ 10.79 ލާރިއަށެވެ.

comment ކޮމެންޓް