ގުޅީ ގޮނޑުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލްކޮށްފި

ގުޅީ ގޮނޑުގައި ރޯވެފައިވާ އަލިފާން ކޮންޓްރޯލްނުވެ ރަށު ތެރެއަށް ދުމާއި ވަސް ފެތުރެނީ --- ފޮޓޯ/ ޕޮލިސް

ކ. ގުޅީ ގޮނޑުގައި ރޯކޮށްފައިވާ އަލިފާން ގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގުޅީގެ ކުނި ކޮށީގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން ރަށު ތެރެއަށް ދުމާއި ވަހުގެ އަސަރު ކުރި ކަމަށެވެ.

"އަލިފާން ނިއްވުމުގެ މަސައްކަތް ރައްޔިތުންނާއި ފުލުހުން ގުޅިގެން ހަރަކާތްތެރިވި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނަންތަރާ ރިސޯޓުގެ ފަޔާ ޓީމާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިރޭ 11:30 ހާއިރު އަލިފާން ނިއްވާލެވިފައިވާ ކަމަށާއި ނަމަވެސް ބައެއް ހިސާބުތަކުން ދުން އަރަމުންދާ ކަމަށެވެ.

"އިތުރަށް އަލިފާން ރޯވެދާނެތީ އަދިވެސް ބަލަންޖެހޭ ބެލުންތައް ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް