ރާއްޖޭގައި ތިބި ލަންކާގެ 21 މަސްވެރިޔަކު ދޫކޮށްލައިފި

އަތުލައިގަތް ބޭރުގެ ހަތަރު މަސްބޯޓު ހުޅުމާލޭގައި-- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަތް ސްރީލަންކާގެ ބޯޓުތަކުގައި ތިބި 21 މަސްވެރިޔަކު ދޫކޮށްލައިފިއެވެ.

އެގައުމުގެ ނޫހަކުން ބުނީ ރާއްޖޭގައި ތިބި 21 މަސްވެރިން މިހާރު ލަންކާ އަށް ގޮސްފައިވާ ކަމަށާއި އެ މީހުންނަކީ މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އަތުލައިގެންފައިވާ މީހުން ކަމަށެވެ.

މި 21 މީހުން ބަންދުން ދޫކޮށްލުމުން ލަންކާ އަށް ގޮސްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގައެވެ. އެ މީހުން މިނިވަންވީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުރެއްވި މަޝްވަރާތަކަށްފަހު ކަމަށް ލަންކާގެ ހަބަރުތައް ބުނެއެވެ.

މި މީހުން ދުކޮށްލުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

ފެބްރުއަރީމަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަން އުޅުނު ލަންކާގެ އަށް މަސްބޯޓެއް ވަނީ އަތުލައިގެންފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.

https://sun.mv/116134

comment ކޮމެންޓް