ނޭޕާލުގައި ޕަބްޖީ ނުކުޅެވޭގޮތް ހަދައިފި

ޕަބްޖީގެ މަންޒަރެއް----

ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ ނޭޕާލުގައި، މަޝްހޫރު އޮންލައިން ގޭމް ޕްލޭޔާ އަންނޯން ބެޓަލް ގްރައުންޑްސް ނުވަތަ ޕަބްޖީ މަނާކޮށްފިއެވެ.

އެ ގައުމުގައި ޕަބްޖީ ނުކުޅެވޭ ގޮތް ހެދީ މިއަދުން ފެށިގެންނެވެ.

ނޭޕާލްގެ ކޯޓަކުން އެ ގޭމް ބްލޮކް ކުރުމަަށް އެންގުމާ ގުޅިގެން އެގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ވަނީ އެ ގޭމް ބްލޮކް ކުުރުމަށް އިންޓަނެޓްގެ ހިދުމަތްދޭ ހުރިހާ ތަނަކަށް އަންގައިފައެވެ.

" އެ ގޭމް ކުޅޭ ވަރަށް ގިނަ ކުޑަކުދިންގެ ބެލެނިވެރިންނާއި އަދި ސްކޫލުތަކުން ވަރަށް ގިނައިން ޝަކުވާ ލިބޭ. އެހެންވެ އެ މަނާކުރުމަށް އެދި ކޯޓަށް ހުށަހެޅީ " ނޭޕާލްގެ ސީނިއާ ޕޮލިސް އޮފިޝަލެއް ކަމަށްވާ ދީރަޖް ޕްރަތާބް ސިންގް އޭއެފްޕީ ނިއުސް އޭޖެންސީއަށް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަަމަށްވާ ބްލޫ ހޯލް އިން އުފެެއްދި ޕަބްޖީ ގޭމް ލޯންޗް ކުރީ 2017 ވަނަ އަހަރުއެވެ. އެ ގޭމް މިހާތަނަށް 100 މިލިއަން ފަހަރު ވަނީ ޑައުންލޯޑްކޮށްފައެވެ.

ގިނަ ބެލެނިވެރިންނާއި ތައުލީމީ ވުޒާރާތަކުގެ މީހުން ބުނާގޮތުގައި އެ ގޭމްއިންް މީހުންގެ މެދުގައި ތަޅާ ފޮޅުންތަކަށް ހިތްވަރުދެއެވެ.

މީގެ ކުރިން ޕަބްޖީ ވަނީ އިންޑިއާގެ ގުޖުރާތުގައިވެސް މަނާކޮށްފައެވެ. އަދި އެ ގޭމް ކުޅެގެން އެތައް ބަޔަކު އެ ސްޓޭޓްގައި ހައްޔަރުވެސް ކޮށްފައިވެއެވެ.

މަސްދަރު: ޗެނަލް ނިއުސް އޭޝިއާ

comment ކޮމެންޓް