ކްރެޑިޓް ކާޑުގެ ބަދަލުގައި އުރިދޫ މޯލްޑިވްސްގެ މޮބައިލް ބެލެންސް ބޭނުންކޮށްގެން އޮންލައިން ގޭމިން އަދި އީކޮމާސް ޕްލެޓްފޯމްތަކުގައި ބޭނުންކުރެވޭ ގިފްޓް ކާޑާއި ކޯޑުތައް ކާރްޓީ ސްޓޯ މެދުވެރިކޮށް ބަލައިގަނެވޭނެކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ ކާރްޓީ ސްޓޯ މެދުވެރިކޮށް ގޭމިން، މިއުޒިކް، އައި ޓިއުންސް، ގޫގްލް ޕްލޭ، ޕްލޭސްޓޭޝަން، އެކްސް ބޮކްސް، ނެޓްފްލިކްސް، ސްޕޮޓިފައި، ޕަބްޖީ، ލީގް އޮފް ލެޖެންޑްސް، ވާލްޑް އޮފް ވޯކްރާފްޓް ފަދަ އީކޮމާސް އަދި ގޭމިން ޕްލެޓްފޯމް ތަކުގައި ބޭނުންކުރުމަށް ގިފްޓް ކާޑު މިހާރު ފަސޭހަކަމާއެކު ބައްލަވައިގަނެވޭނެ ކަމަށެވެ.
އުރީދޫއާއި ކާރްތީގެ ޕާޓްނަޝިޕްގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރުމަކާ ނުލާ ކާޓީ ސްޓޯއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލުގައި ހިމަނާގޮތަށް ޚިދުމަތް ހޯދޭނެއެވެ. އެގޮތުން ޕްރީޕެއިޑް ކަސްޓަމަރުންނަށް މޯބައިލް ބެލެންސް ގައި ހުރި އަދަދަކުން ކާޓީ ސްޓޯއިން ތަކެތި ގަތުމަށް ބޭނުންކުރެވޭނެއެވެ.

އީކޮމާސް ޕްލެޓްފޯމްތަކުގައި ބޭނުންކުރާ ގިފްޓް ކާޑް އުރީދޫގެ ކާރްޓީ ސްޓޯއިން ލިބުން -- ފޮޓޯ/ އުރީދޫ
އުރީދޫ މޮބައިލް މެދުވެރިކޮށް ކާޓީ ސްޓޯއިން ކާޑް ގަތުމަށްޓަކައި ކުރަންޖެހޭ ކަންތައް:
1. ބޭނުންފުޅުވާ ގިފްޓް ކާޑު ޚިޔާރު ކުރުން.
2. ގައުމުގެ ގޮތުގައި މޯލްޑިވްސް ޚިޔާރުކުރުން.
3. މޮބައިލް އޮޕަރޭޓާގެ ގޮތުގައި އުރީދޫ މޯލްޑިވްސް ޚިޔާރުކުރުން.
4. މޯބައިލް ނަންބަރު ޖެހުމަށްފަހު ޕަޗޭސްއަށް ފިއްތާލުން.
5. ޕާޗޭސް ފުރިހަމަ ކުރުމުން ޔަޤީން ކުރުމަށް ޕިން ނަމްބަރެއް މޯބައިލް ފޯނަށް ލިބިގެންދާނެ.
6. ޕިން ނަންބަރު ޖައްސާ ކޮންފާމަށް ފިއްތާލުން.
7. ޕިން ނަންބަރު ރަނގަޅަށް ޖެހުމުން ބަލައިގަތް ކާޑު "މައި ކާޑްސް" އިން ފެންނާނެ.
ކާޓީ ސްޓޯގެ ވެބްސައިޓަށް ޒިޔާރަތް ކޮށްލައިގެން އެ ސްޓޯގައި ރަޖިސްޓާ ކޮށްލެވޭނެއެވެ.