އެޕަލް އިން ތިން ރެއާ ކެމެރާ ހިމެނޭ އައިފޯނެއް ނެރެނީ

--

މި އަހަރު އެޕްލް އިން ބާޒާރަށް ނެރޭ ފޯނުގައި ތިން ރެއާ ކެމެރާ ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނުތަކުގައި ހިމަނާފައި ވަނީ ދެ ރެއާ ކެމެރާ އެވެ. އޭގެ ތެރެއިން އެއް ލެންސަކީ ޕޯޓްރެއިޓްް ލެންސެކެވެ.

އެޕަލް އިން ތިން ލެންސް ހިމެނޭ އައިފޯނެއް ނެރެން ނިންމި އިރު ވާދަވެރި އެންޑްރޮއިޑު ބޭނުންކުރާ ވާވޭ އާއި އެކްޖީ އިން ވަނީ ތިން ރެއާ ކެމެރާ ހިމެނޭ ފޯނު ބާޒާރަށް ނެރެފަ އެވެ.

އާ ފޯނުގައި ފޮޓޯތައް މިހާރަށް ވުރެ ސާފުވެފައި، މޫވިން ޕިކްޗާސް ތިން ސިކުންތުން ހަ ސިކުންތައް އިތުރުވާނެ އެވެ.

އާ އައިފޯނުތަކުގައި ބޭނުންކުރާނީ ޔޫއެސްބީ ސީ ޕޯޓެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ވިހި ވިހީގައި އެޕަލް އިން ވަރުގަދަ ތްރީޑީ ކެމެރާއަކާ އެކު ފޯނެއް ނެރެން ތައްޔާރު ވަަމުންދާކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް