ސޯޝަލް މީޑިއާ އެންޑޯޒްމެންޓް ދިނުން ބައެއް ފަންނާނުން ހުއްޓަލައިފި

އޮންލައިން އެންޑޯޒްމެންޓު ދިނުން ހުއްޓާލި ބައެއް ފަންނާނުން --

ސޯޝަލް މީޑިއާގައި އެކި އުފެއްދުންތައް އިޝްތިހާރު ކޮށްދީ އެންޑޯޒްމެންޓް ދޭނީީ ވަކި ޝަރުތުތަކެއް ހުރިހަމަކޮށް ދެ ފަރާތުގެ ދެމެދުގައި ވަކި ހާއްސަ އެއްބަސްވުންތަކެއް ފުރިހަމަކޮށްގެން ކަމަށް މަޝްހޫރު ބައެއް ފަންނާނުން ބުނެފި އެވެ.

މަޝްހޫރު ފަންނާނުންގެ އިންސްޓަގްރާމު، ޓްވިޓާ އަދި ފޭސްބުކް އާއި ޔޫޓިއުބްގައި ތަފާތު އުފެއްދުންތައް އިޝްތިހާރު ކުރާ އިރު ނުވަތަ އުފެއްދުންތަކުގެ ވާހަކަ ދައްކާ އިރު އާންމުންގެ ސަމާލުކަން ހުއްޓޭލެއް އަވަހެވެ.

އެލީ ގޯލްޑިން، ރީޓާ އޯރާ، އެކެލްސާ ޗަންގް ފަދަ ތަރިން ނިންމާފައި ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމުކުރާ އިޝްތިހާރު ފަދަ ކޮންޓެންޓަކީީ އެމީހުންނަށް ލާރި ދީގެން ނުވަތަ ހަދިޔާ ދީގެން ފަދަ ކަމެއް ކޮށްގެން އާންމުކުރާ ކޮންޓެންޓުކަން ބުނެފަ އެވެ.

އޮންލައިން އެންޑޯޒްމެންޓު ދިނުން ހުއްޓާލި ބައެއް ފަންނާނުން --

އޮންލައިން އެންޑޯޒްމެންޓުގެ ސަބަބުން ފަހަރުގައި ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަކަށް ވާތީ، ކޮމްޕެޓިޝަން އެންޑް މާކެޓްސް އޮތޯރިޓީ (ސީއެމްއޭ) އިން ވަނީ ކޮންސިއުމާ ގާނޫނާ ހިލާފުކަމެއް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ސީއެމްއޭ އިން ވަނީ ތަހުގީގެއްކޮށް އެ ތަހުގީގަށް ފާހަގަވި ކަންތައް އާންމުކޮށްފަ އެވެ. ވަކި ފަންނާނުންތަކެއްގެ އަމަލުތަކުގެ ސަބަބުން ގާނޫނު މުގުރިފައިވާ ކަމެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައެއް ފަންނާނުން ކޮންސިއުމާ ގާނޫނާ ހިލާފުވެފައިވާތީ އެކަން ސިޓީ އިން އަންގާފައިވާ ކަމަށްވެ އެވެ.

އޮންލައިން އެންޑޯޒްމެންޓު ދިނުން ހަރުކަށިކުރި ފަންނާނުން

  1. ޕޮޕް ސްޓާ ރީޓާ އޯރާ
  2. އެކްޓްރެސް މިޝެލް ކީގެން
  3. ލަވަކިޔުންތެރިޔާ އެލީ ގޯލްޑިން
  4. ލިޔުންތެރިޔާ އަދި މޮޑެލް އެލެކްސާ ޗަންގް
  5. ޑިޒައިނާ އަދި މޮޑެލް ރޯޒީ ހަންޓިންޓަން ވައިޓްލޭ
  6. ވީޑިއޯ ބްލޮގާ ޒޯއީ ސުގް
  7. މާރިއޯ ފެލްކޯން
  8. އެލެކްސެންޑްރާ ބިންކީ
  9. ހޮލީ ހޭގަން
  10. ކެމީލާ މެޝިންޓޮޝް
  11. ރިއަލިޓީ ޓީވީތަރި މޭގަން
  12. ކްލޯއީ ސިމްސް
  13. ލުއިސް ތޮމްޕްސަން
  14. ޖޭމްސް ޗެޕްމެން
  15. ފެޝަން ބްލޮގާ ޑީނާ ޓޯކިއާ
  16. އިސްކްރާ ލޮރެންސް
comment ކޮމެންޓް