"ނިވައިރޯޅި": މަނަދޫގައި ބާއްވާ ޕްރިމިއާއަށް ގިނަ ތަރިންތަކެއް

މަނަދޫގައި ބާއްވާ ޕްރިމިއާ އިވެންޓުގައި ބައިވެރިވާ ތަރިން---

ދިވެހި ފިލްމު އިންޑަސްޓްރީގައި 21 އަހަރު ވަންދެން މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހައްމަދު ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމު "ނިވައިރޯޅި" ނ. މަނަދޫގައި ޕްރިމިއާކުރުމަށް ފިލްމުގެ މުހިއްމު ތަރިންތަކެއް އެރަށަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.

ފިލްމު މި މަހު 17 ވަނަ ދުވަހުގެ ރޭ އެ ރަށުގައި ޕްރިމިއާކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފިލްމުގައި ހަރަކާތެރިވި ލީޑު ތަރި ނިއުމާ މުހައްމަދު ޕްރިމިއާ އިވެންޓުގައި ބައިވެރިވާއިރު ޒީނަތު، އަޒްމީލް، ޖުމައިހު، ރިޝްފާ އަދި ނުޒުހަތު ވެސް ބައިވެރިވާނެއެވެ.

މަނަދޫ ވިލަރޭ ކުލަބުގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ކޮމްބަސް ފިހާރައިން ލިބެން ހުންނާނެ އެވެ.

ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

comment ކޮމެންޓް