މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އަނަންތާރާ ވިދާލައިފި

ކ. އަތޮޅުގައި ހިންގާ އަނަންތާރާ ދިގު ރިސޯޓާއި، އެ ރިސޯޓު ހިންގާ ފަޅުގައި ހުރި އެހެން ރަށްތައް --- ފޮޓޯ/ އަނަންތާރާ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ 2018 ވަނަ އަހަރުގެ ގާލާގައި އަނަންތާރާ ރިސޯޓްސް އެންޑް ހޮޓެލްސް ވިދާލައިފި އެވެ.

ތައިލެންޑުގެ މައިނާ އިންޓަނޭޝަނަލުން ހިންގާ ހޮޓެލް ޗެއިން "އަނަންތާރާ"އަކީ ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ 13 ގައުމެއްގައި 40 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓެލް ހިންގަމުން އަންނަ ޗެއިނެކެވެ.

މަޓާޓޯ އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ 2018 ވަނަ އަހަރުގެ ގާލާ މިދިޔަ ބުރާސްފަތި ދުވަހު ޕެރެޑައިސް އައިލެންޑު ރިސޯޓުގައި އޮތް އިރު، އަނަންތާރާއަށް ތިން އެވޯޑެއް ލިބިގެން ދިޔަ އެވެ.

އޭގެ ތެރެއިން ދެ އެވޯޑަކީ ރާއްޖޭގައި އަނަންތާރާއިން ހިންގާ ދެ ޕްރޮޕަޓީއަކަށް ލިބުނު ދެ އެވޯޑެވެ. އެއީ ނަލަދޫ ޕްރައިވެޓް އައިލެންޑަށް ރާއްޖޭގެ ލީޑިންގް ޕްރައިވެޓް އައިލެންޑުގެ އެވޯޑު، އަދި އަނަންތާރާ ދިގު ރިސޯޓަށް ރާއްޖޭގެ ލީޑިންގް ސާރފް ރިސޯޓުގެ އެވޯޑެވެ.

https://sun.mv/113376

އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސްއަށް ދެން ލިބުނު އެވޯޑަކީ ލީޑިންގް އިންޓަނޭޝަނަލް ހޮޓެލް/ރިސޯޓު ބްރޭންޑުގެ އެވޯޑެވެ.

އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި ފަސް ޕްރޮޕަޓީއެއް ހިންގަ އެވެ.

އެއީ ކ. އަތޮޅުގައި އެއް ފަޅެއްގައި ހިންގާ ތިން ރިސޯޓު ކަމުގައިވާ އަނަންތާރާ ދިގު، އަނަންތާރާ ވެލި އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުގެ އިތުރުން ދ. އެނބޫދޫފުށި-އޮޅުވެލީގައި ހިންގާ ނިޔާމަ ޕްރައިވެޓް އައިލެންޑާއި ބ. ކިހަވަށް ހުރަވަޅީގައި ހިންގާ އަނަންތާރާ ކިހަވަށް މޯލްޑިވްސް ވިލާސް އެވެ.

comment ކޮމެންޓް