Last Updated: 6 year 12 month ago

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާ

ބުލޮގު ޚުލާސާ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގެ ގާލާގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ގާލާ އޮންނަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި. މިއީ ޓްރެވަލް އެވޯޑްސްގެ ފުރަތަމަ ގާލާވެސް އޮތް ތަން.

މިރޭގެ ގާލާގައި މުޅި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އިނާމު ދިނުން އޮންނާނެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ލިވްއަބޯޑާއި އެއާލައިންތަކުގެ އިތުރުން އެހެން ފަރާތްތަކަށްވެސް އެވޯޑު ދޭނެ.

މީގެ އިތުރުން މި އަހަރުގެ ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގެ ދަށުން، ދާއިރާއިން ފާހަގަކޮށްލެވޭ ފަސް މީހަކަށް އެވޯޑު ދޭނެ.

23:03

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ދިނުމަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ގާލާ ނިންމާލައިފި.

22:56

މޯސްޓް ރޮމޭންޓިކް ރިސޯޓު

ހުވަފެންފުށި މޯލްޑިވްސް

22:55

ލީޑިންގް ލަގްޒަރީ ރިސޯޓު

ޝެވަލް ބްލޮންކް ރަންދެލި

22:52

ލީޑިންގް ބީޗު ރިސޯޓު

ކޮކޫން މޯލްޑިވްސް

22:50

ލީޑިންގް ޕްރައިވެޓް އައިލެންޑް

ނަލަދޫ ޕްރައިވެޓް އައިލެންޑް

22:49

ލީޑިންގް އެފްއެންޑްބީ ރިސޯޓު

ވަން އެންޑް އޮންލީ ރީތި ރަށް

22:47

ލީޑިންގް އެފްއެންޑްބީ އައުޓްލެޓް (ބާ އެންޑް ރެސްޓޯރަންޓް)

ލެ 1947 - ޝެވަލް ބްލޮންކް ރަންދެލި

22:43

ލީޑިންގް ޑިޒައިނާ ރިސޯޓު

ކަނޑިންމަ މޯލްޑިވްސް

22:42

ލީޑިންގް ފެމިލީ ރިސޯޓު

އަމިއްލަފުށި

22:41

ރިކޮގްނިޝަން ފޯރ އައުޓްސްޓޭންޑިންގް ޕަފޯމަންސް އިން ޓްރެވަލް އިންޑަސްޓްރީ

މި އެވޯޑު ލިބިވަޑައިގެންނެވީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް.

22:35

ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު

މާކް ހެހިއަރ - ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީގެ ސީއީއޯ

ދަ ސްމޯލް މޯލްޑިވް އައިލެންޑް ކޮމްޕެނީއަކީ އަމިއްލަފުށި އަދި ފިނޮޅު ރިސޯޓު މެނޭޖުކުރާ ކުންފުނި.

22:31

ނިއު ކަމާ އޮފް ދަ އިޔާ

ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި

  • މި އެވޯޑަކީ އަހަރުގެ އެންމެ އުންމީދީ މަންޒިލުގެ ގޮތުގައި މަޓާޓޯއިން ކަނޑައަޅާ ރިސޯޓަށް ދޭ އެވޯޑެއް
22:29

މޯސްޓް ސަޕޯޓިވް ރިސޯޓު

ޕެރެޑައިސް އައިލެންޑް ރިސޯޓު

  • މި އެވޯޑަކީ ލޯކަލް ޓްރެވަލް އޭޖެންޓުންނަށް އެންމެ ސަޕޯޓިވް ރިސޯޓަށް މަޓާޓޯގެ ފަރާތުން ދޭ އެވޯޑެއް.
22:13

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

22:11

ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު

ހުސައިން ވަހީދު - ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރ

22:08

ލީޑިންގް އޯލް އިންކްލޫސިވް ރިސޯޓު

ހުރަވަޅި އައިލެންޑް ރިސޯޓު މޯލްޑިވްސް

22:06

ލީޑިންގް އިންޓަނޭޝަނަލް ހޮޓެލް/ރިސޯޓު ބްރޭންޑް

އަނަންތާރާ ހޮޓެލްސް އެންޑް ރިސޯޓްސް

22:04

ލީޑިންގް ލޯކަލް ހޮޓެލް/ރިސޯޓް ބްރޭންޑް

ސަން އަކުއާ

22:01

ލީޑިންގް ލިވްއަބޯޑު ބްރޭންޑު

ވޮޔޭޖަސް މޯލްޑިވްސް

21:56

ލީޑިންގް ލިވްއަބޯޑު

ހޮރައިޒަން 3

21:53

ލީޑިންގް ސާރފް ރިސޯޓު

އަނަންތާރާ ދިގު

21:41

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

21:41

ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު

އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)

21:40

ލީޑިންގް އިންޓަނޭޝަނަލް ކެރިއާ

ސްރީލަންކަން އެއާލައިންސް

21:38

21:37

ލީޑިންގް އީކޯ ރިސޯޓު

ސިކްސް ސެންސެސް ލާމު

21:36

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

21:33

ލީޑިންގް ޑައިވް ރިސޯޓު

ބަނޑޮސް މޯލްޑިވްސް

21:31

ލީޑިންގް އެއާޕޯޓު ހޮޓެލް

އީކުއޭޓާ ވިލެޖް، އައްޑޫ ސިޓީ

21:27

ޓްރެވަލް އެވޯޑްސް ޕީޕަލްސް އެޑިޝަންގެ އެވޯޑު

އަލީ އަހްމަދު (އަލިބެ) - ވިސްޓާ ކޮމްޕެނީ

21:23

ލީޑިންގް ވެލްނެސް އެންޑް ސްޕާ ރިސޯޓު

ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް

21:19

ލީޑިންގް ވެލްނެސް އެންޑް ސްޕާ ބްރޭންޑް

ދުނިޔެ ސްޕާ

21:17

ލީޑިންގް ޑައިވް/ވޯޓާ ސްޕޯޓްސް ސެންޓާ

ސަން ސިޔާމް ޑައިވިންގް

21:15

ލީޑިންގް މީޓިންގް އެންޑް ކޮންފަރަންސް ރިސޯޓު

ޕެރެޑައިސް އައިލެންޑް ރިސޯޓު

21:13

ޕްރޮޕަޓީ ފޯރ ލީޑިންގް ހިއުމަން ރިސޯސެސް މެނޭޖްމެންޓް:

ވަން އެންޑް އޮންލީ ރީތި ރަށް

21:11

ލީޑިންގް ސީއެސްއާރު ޕްރޮގްރާމް

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް

19:39

ޓްރެވަލް އެވޯޑްސްގެ ހަފްލާ ފަށައިގެން ކުރިއަށްދަނީ.

މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދުގެ ވާހަކަފުޅަށްފަހު މިހާރު އެވޯޑުތައް ދޭން ފެށުމަށް ތައްޔާރުވަނީ

މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

19:36

ޓްރެވަލް އެވޯޑްސްގެ ދަށުން، ގެސްޓްހައުސް އިންޑަސްޓްރީގެ އަގު ވަޒަންކޮށް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން މި އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅު ވަނީ ބާއްވާފައި.

https://sun.mv/110043

19:33

މިއަހަރަކީ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތްވަނަ އަހަރު.