އާޒިމާ، ޣައްސާން މައުމޫން އަދި އިތުރު ބަޔަކަށް ޕީޕީއެމްގެ ޓިކެޓު ދީފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެޔާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އައިޝަތު އާޒިމާ ޝަކޫރަށާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ގައްސާން މައުމޫނަށާއި އަދިވެސް އިތުރު ބައެއް ޕީޕީއެމް މެމްބަރުންނަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރުމަށް ޕްރައިމަރީ އަކާ ނުލައި މިރޭ ޓިކެޓު ހަވާލު ކޮށްފި އެވެ.

އާޒިމާ އަށާއި ޣައްސާން މައުމޫނަށް ޓިކެޓު ހަވާލު ކުރި އިރު، ރައީސް ޔާމިންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝައިނީ އަށް ވެސް ވަނީ ޕީޕީއެމްގެ ޓިކެޓު ދީފަ އެވެ.

މުހައްމަދު ޣައްސާން މައުމޫން --- ފޮޓޯ: ޕީއެސްއެމް

އެ ބޭފުޅުންނަށް ޓިކެޓު ހަވާލު ކުރީ އެކަމަށްޓަކައި މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މިރޭ ޕީޕީއެމްގެ ޓިކެޓު ހަވާލު ކުރި 16 ބޭފުޅުން:

  1. ހޮޅުދޫ ދާއިރާއަށް އައިޝަތު އާޒިމާ ޝަކޫރު
  2. ފުވައްމުލަކު މެދު ދާއިރާއަށް ހަސަން ހާލިދު
  3. ހިތަދޫ މެދު ދާއިރާއަށް ޒާހިދު ރަމީޒް
  4. ހިތަދޫ ދެކުނު ދާއިރާއަށް މުހައްމަދު ލަތީފު
  5. ހިންނަވަރު ދާއިރާއަށް ނާޒިމް އިބްރާހިމް
  6. މަތިވެރި ދާއިރާއަށް ލަޔާލް މަނިކް
  7. ތޮއްޑޫ ދާއިރާއަށް މުހައްމަދު މަބްރޫކް
  8. ދަނގެތި ދާއިރާއަށް މައުމޫން އަބްދުލް ސަމަދު
  9. ބިލެއްދޫ ދާއިރާއަށް އަހްމަދު ޝަފީއު
  10. ގުރައިދޫ ދާއިރާއަށް މުހައްމަދު ޣައްސާން މައުމޫން
  11. ތިމަރަފުށި ދާއިރާއަށް އިބްރާހިމް ސަނާހު
  12. ދިނަދޫ އުތުރު ދާއިރާއަށް އަހްމަދު ޒުހޫރު
  13. މައްޗަންގޯޅި އުތުރު ދާއިރާއަށް ޖަމީލާ އަލީ ހާލިދު
  14. ހުޅުމާލެ ދާއިރާއަށް އިބްރާހިމް ފައިސަލް
  15. ހެންވޭރު އުތުރު ދާއިރާއަށް ޑރ. މުހައްމަދު ޝައިނީ
  16. ވިލިނގިލި ދާއިރާއަށް ޝަހީބު އިބްރާހިމް

ޓިކެޓު ހަވާލު ކުރި ޑީއާރްޕީގެ ދެ ބޭފުޅުން:

  1. ކާށިދޫ ދާއިރާއަށް މުހައްމަދު ނަޝީދު (ކާނަލް)
  2. ހެންވޭރު ދެކުނު ދާއިރާއަށް މުހައްމަދު ފިޝާވިން ސަލީމް

މިރޭ އެ ބޭފުޅުންނާ ޓިކެޓު ހަވާލު ކުރި އިރު، މިދިޔަ ހޯމަ ދުވަހު ވަނީ، ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 24 ބޭފުޅަކަށް ވެސް ޕްރައިމަރީ އަކާ ނުލައި ޕީޕީއެމްގެ ޓިކެޓު ހަވާލު ކޮށްފަ އެވެ.

comment ކޮމެންޓް