ކުރީގެ މިސް މޮސްކޯ އިސްލާމްވެެ މެލޭޝިޔާގެ ރަސްގެފާނާ ކައިވެނިކޮށްފި

ކުރީގެ މިސް މޮސްކޯ އިސްލާމްވެެ މެލޭޝިއާގެ ރަސްގެފާނާ ކައިވެނިކޮށްފި--

ކުރީގެ މިސް މޮސްކޯ އޮކްސާނާ ވޮއެވޮޑީނާ އިސްލާމްވެ މެލޭޝިޔާގެ ރަސްގެފާނާ ކައިވެނިކޮށްފި އެވެ.

ދެހާސް ފަނަރަވަނަ އަހަރު މިސް މޮސްކޯގެ ޓައިޓަލްކުރި އޮސްސާނާ،25، ވަނީ އިސްލާމްވުމަށް ފަހު އޭނާގެ ނަން ރިހާނާއަށް ބަދަލުކޮށްފަ އެވެ. އަދި އޭނާ ވަނީ ބުރުގާ ވެސް އަޅައިފަ އެވެ.

މެލޭޝިއާގެ ރަސްގެފާނު މުހައްމަދު ފަސްވަނަ، 49، އާ އޭނާ ކައިވެނިކުރީ މެކްސިކޯގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައެވެ.

ކައިވެނިކުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މިސް މޮސްކޯ ބުނީ ސްކޫލު ދުވަސްވަރު އޭނާއަކީ ވަރަށް ސަކަރާތްބޮޑު މީހެއް ކަމަށެވެ. އަދި އެދުވަސްވަރު އުޅެވުނީ އެންމެ ރަނގަޅަށް ނޫންކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް