ލީގަލް ކައުންސިލް ޓުދަ ޕްރެޒިޑެންޓު ކަމަށް އަހުމަދު އަބްދުﷲ އަފީފް އައްޔަނު ކުރައްވައިފި

ލީގަލް ކައުންސިލް ޓުދަ ޕްރެޒިޑެންޓަށް އަބްދުﷲ އަފީފް އައްޔަނު ކުރައްވުމަށްފަހު ރައީސް އިބޫ ފަތްކޮޅު ދެއްވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ރައީސް އޮފީހުގެ ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް އައްޔަނު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓް ހުވާ ކުރެއްވުމަށްފަހު މިރޭ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އަހުމަދު އަބްދުﷲ އަފީފް ވަނީ ލީގަލް ކައުންސިލް ޓު ދަ ޕްރެޒިޑެންޓްގެ މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.

އަހުމަދު އަބްދުﷲ އަފީފްގެ އިތުރުން ފަސް ބޭފުޅަކު ވަނީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ރައީސް އޮފީހުގެ އެކި މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު ދެއްވާފަ އެވެ.

ރައީސް އޮފީހުގެ އިސް މަގާމުތަކަށް މިރޭ އައްޔަނު ކުރެއްވި ބޭފުޅުން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލިޔާސް

ސެކެޓްރީ ކޯޕަރޭޓް ސާވިސް - ހުސައިން އާމިރު

ސެކްޓްރީ ކެބިނެޓް އެފެއާޒް - އަހްމަދު ހަސަން ދީދީ

ޑެޕިއުޓީ ޗީފް އޮފް ސްޓާފް – ހުސައިން އާދަމް

ސެކްރެޓަރީ ޕޮލިސީ - އައިމިނަތު ޝައުނާ

ސެކްރެޓަރީ ކޮމިއުނިކޭޝަން - ހަސަން އިސްމާއިލް

comment ކޮމެންޓް