ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލަށް އިސްލާހެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޔާމީންގެ އިތުރުން ކުރީގެ ރައީސް ޞާލިޙް އެކުގައި ބައްދަލުކުރެއްވުން: ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު ސެކިއުރިޓީ ނުދޭން ސަލާމަތީ ކޮމިޓީން ވަނީ ނިންމައިފައި -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު، އެމްއެންއެޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ 241 ކޮމިޓީގައި އިއްޔެ ވަނީ 'އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލު' އިސްލާހުކުރަން ހުށަހަޅައިފައެވެ. ނަމަވެސް ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ސިއްރުން ކަމުން، އުސޫލާ ގުޅޭ ތަފުސީލުތައް ޔަގީންވެފައިނުވެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އެ އިސްލާހަށް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ތާއިދުކުރެއްވިއިރު، ތިން މެންބަރަކު އިސްލާހާ ދެކޮޅަށް ވޯޓު ދިނެވެ. އެގޮތުން އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ.

ކުރީގެ ރައީސުންނަށް މުޒާހަރާތަކުގައި ސެކިއުރިޓީ ނުދޭން ކޮމިޓީން ފާސްކުރިއިރު، މިދިޔަ މެއި މަހު، ކުރީގެ ތިން ރައީސުން ވަނީ ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވެވަޑައިގެންފައެވެ. އެއީ ކުރީގެ ރައީސުން، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ޞާލިޙެވެ.

https://sun.mv/222054

އެ ތިން ބޭފުޅުން ވެސް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އެމްޑީޕީއާއި ޔާމީންގެ ޕީއެންއެފުން ވެސް މާލޭގައި މުޒާހަރާތައް ބާއްވައެވެ. އަދި ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް މި މަހު އިންތިޚާބުވެފައިވާއިރު، އެ މަނިކުފާނު ވަނީ އެ ޕާޓީގެ އެއްވުންތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދިނުމާ ބެހޭ އުސޫލަށް ބަދަލު ގެނެސްފައެވެ. ކެލާ ދާއިރާގެ މެންބަރު ހުށަހެޅުއްވި މި އިސްލާހު، ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ ތާއީދާއެކު ފާސްކޮށްފައިވަނީ ސިއްރު ބައްދަލުވުމެއްގައެވެ. މި އިސްލާހާ ދެކޮޅަށް އިދިކޮޅު ތިން މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. މި ނިންމުން ނިންމާފައިމިވަނީ، ކުރީގެ ތިން ރައީސުން ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަމައެހެންމެ، އެމްޑީޕީގެ އައު ޗެއާޕާސަންގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ އެއްވުންތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ވަގުތެއްގައެވެ.

  • މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކުރީގެ ރައީސުންނަށް ވީއައިޕީ ސެކިއުރިޓީ ދިނުން ހުއްޓާލުމަށް 241 ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
  • ސިއްރުން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އިސްލާހު ފާސްކުރީ ޕީއެންސީގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
  • އިދިކޮޅު އަދި އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ ތިން މެންބަރަކު މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވިއެވެ.
  • މި ބަދަލު ގެނެސްފައިވަނީ ކުރީގެ ތިން ރައީސަކު ސަރުކާރާ ދެކޮޅަށް މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
comment ކޮމެންޓް