ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް މިނިސްޓަރު އާސިމް އިންކާރު ކުރައްވައިފި

ޑރ. މުހައްމަދު އާސިމް: އޭނާގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރު ކުރައްވާފައި ---

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިރޭ އިންކާރު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު، އެ އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެ މިނިސްޓްރީ އިން މީގެކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް އެފަދަ ޝަކުވާއެއް ހުށައެޅިފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބަނާނުގައި ވެއެވެ.

އެ މައްސަލާގައި ފޮރިން މިނިސްޓަރު އާސިމަށް ގިނަ ފާޑުކިޔިންތަކެއް އަމާޒުވެފައިވާއިރު އެނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވާ ކަމަށް ވިދާޅުވެ މިރޭ ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.

comment ކޮމެންޓް