ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީޙު މުހައްމަދު އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ވާހަކަދެކެވެން ފަށައިފި އެވެ.
އިސްތިއުފާ ދެއްވަން ނިންމަވާފައި ކަމަށް ބުނެ މަސީހު ކުރެއްވި މެސެޖެއް ކަމަށް ބުނެ ސޯޝިއަލް މީޑިއާގައި ދަނީ މެސެޖެއްވެސް ދައުރުކުރަމުންނެވެ. އެ މެސެޖުގައި ވާގޮތުން އިސްތިއުފާ ދެއްވަނީ ގިނަ މެމްބަރުންތަކެއް ސޮއިކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅަން އުޅޭތީ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މާދަމާ ވައްދަން އިދިކޮޅުން ދަނީ ތައްޔާރު ވަމުންނެވެ. މިހާރު 45 މެމްބަރުންގެ ސޮއިވެސް ވަނީ ހޯދާފަ އެވެ.
ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވިގޮތުން މަސީހު އިސްތިއުފާއެއް ނުދެއްވާނެ އެވެ.

އެކަމާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް މަސީހަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މަޖިލީހުގެ އަމީންއާންމް މަރިޔަމް ނިއުޝާ ވިދާޅުވީ މަޖިލީހުގެ ރައީސް އިސްިއުފާ ދެއްވަން އުޅުއްވާ ކަމެއް އަދި އެކަމަނާއަށް އެނގިފައި ނެތް ކަމަށެވެ.
މާދަމާ ހެނދުނު 11 ޖަހާއިރު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާނެކަން ވަނީ އެނގިފަ އެވެ.
މަސީހުގެ އިތުބާރުގެ މައްސަލާގައި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވޯޓަށް އަހާފައިވަނީ ރޯލް ކޯލް ކޮށް ވޯޓު ނަގައިގެންނެވެ.
ދެވަނަ ފަހަރަށް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް ހުށަހެޅުމުން މަސީހު ވަކިކުރަން ބޭނުންވާ ކަމަށ ސޮއިކުރި ޕީޕީއެމް މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ޕާޓީން ވަކިކުރާ މެމްބަރުން ޕާޓީން ވަކިވާނެ ކަމަށް ބުނެ ނިންމުމެއް ނިންމާފަ އެވެ.
މަޖިލީޙުގެ ޖަލްސާއެއް ނުބާއްވާތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން މަޖިލީޙުގެ ރައީސް މަސީހަށް އަންގައި ޖަލްސާއެއް ބާއްވާން ޖެހޭނެ އެވެ.