ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމާއެކު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ތައުރީފާއި އިދިކޮޅު މެމްބަރުންގެ ތައުރީފު އަމާޒުވެއްޖެއެވެ.
މަސީހުގެ އިސްތިއުފާއާއެކު ޕީޕީއެމް ތަމްސީލުކުރައްވާ މެންބަރުން ވަނީ މަސީހު މަޖިލިސް ރައީސްކަމުގައި އިންނަވައި ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވައިފައެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ 2014 ވަނަ އަހަރުގެ މެއި 24 އިން މިއަދުގެ ނިޔަކަށް މަޖިލިސް ރައީސްކަމުގެ މަގާމުގައި މަސީހު މި ގައުމަށް ކޮށްދެވި ހިދުމަތުގެ އަގު ވަޒަން ނުކުރެވޭނެ ކަމަށެވެ. މަސީހު ޕީޕީއެމްގެ "ޓީމް ޕްލޭޔަރެއްގެ" ގޮތުގައި ކެތްތެރިކަމާއެކު ކުރެއްވި ހިތްވަރަށް ނިހާނު ވަނީ ސާބަސް ދަންނަވައިފައެވެ.
29 May 2014 - 1 Nov 2018 ah Raiyyithunge Majlis Raees kamuge magaamuga Manikufaanu Mi Gaumah kohdhevvee agu nukurevey fadha bodu Khidhumaiythakeh. PPM #TeamPlayer eh gothuga keiy therikamaa eku kurehvvi hivvarah assaribahaa saabas dhannavan. pic.twitter.com/12srqY9Vw8
— Ahmed Nihan (@ahmed_nihan) November 1, 2018
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން މަސީހު ދިވެހި ގައުމަށާއި ރައްޔިތުންނަށް އަދި ޕީޕީއެމްގެ ސަރުކާރަށާއި ރައީސް ޔާމީންގެ ސަރުކާރަށް ކޮށްދެއްވި އަގުހުރި މަސައްކަތަށް ޝުކުރު ދަންނަވާކަމަށެވެ.
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ޓްވީޓެއްގައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަސީހު ކޮށްދެއްވި އަގުނުކުރެވޭފަދަ މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްއާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުވެސް ވަނީ މަސީހު މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.
Majileehuge Ra’ees ge haisiyyathun Hon. Maseeh varah dhathi u’ndhagoo vaguthu thakugai ves amillafulhu maslahathuge machchah iskurevvee qa’umee maslahathu. Shukuriyyaa Speaker Maseeh! pic.twitter.com/rurNQUpocb
— Ali Arif (@Ali__Arif) November 1, 2018
"މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އޮނަރަބަލް މަސީހު ވަރަށް ދަތި އުނދަގޫ ވަގުތުތަކުގައި ވެސް އަމިއްލަފުޅު މަސްލަހަތުގެ މައްޗަށް އިސްކުރެއްވީ ގައުމީ މަސްލަހަތު، ޝުކުރިއްޔާ ސްޕީކާ!" އަލީ އާރިފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޕީޕީއެމްގެ މެންބަރުންގެ ތައުރީފު މަސީހަށް ރައްދުކުރައްވާފައިވާއިރު އިދިކޮޅު މެންބަރުން ގެންދަވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މަސީހު އިސްތިއުފާ ދެއްވާފައިވަނީ އިދިކޮޅުން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށެވެ. އެ މައްސަލަ އޮތީ މިރޭ 9:15 އަށް ތާވަލު ކޮށްފައެވެ.
އިދިކޮޅު މެންބަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ މުހައްމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންވައިގެން މަޖިލީހުގެ ގޭޓުގައި ތަޅުއަޅުވައި ޖަރީމާ ހިންގި އަނިޔާވެރި މަސީހު "ގޮތް ހުސްވެގެން އިސްތިއުފާ ދީފި" ކަމަށެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްވެސް ވަނީ މަޖިލީސް ރައީސްކަމުގައި އިންނަވައިގެން މަސީހުގެ އަމަލުފުޅުތައް ބެހެއްޓެވި ގޮތަށް ފާޑުވިދާޅުވެފައެވެ. ވައްޑެ ވިދާޅުވީ އިސްތިއުފާ ދެއްވުމަކީ ކުރިންވެސް މަސީހުއަށް އޮތް ގޮތެއް ކަމަށެވެ.
As Maseeh tastes his own medicine & is forced out unceremoniously, I recall the arrogance & despotic manner he conducted parliament, including my unconstitutional removal. Resignation isn't enough; I call for an investigation on him for alleged criminal activities & corruption. pic.twitter.com/XSh6V4mHVc
— Mohamed Jameel Ahmed (@MJameelAhmed) November 1, 2018
މީގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމައެކަނި މަސީހުގެ އިސްތިއުފާއަކުން ނުފުދޭކަމަށާއި، މަސީހުގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ތަހުގީގުވެސް ކުރަންޖެހޭ ކަމަށެވެ.
މަސީހުއަކީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރެވެ.
މަސީހު އިސްތިއުފާ ދެއްވުމާއެކު، މަޖިލީހުގެ ހުރިހާ ކަންކަމާ އެންމެ އިސްކޮށް ހަވާލުވެވަޑައިގެން ހުންނަވާނީ އެމަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މީގެ ކުރިން ނިންމާފައިވަނީ، މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަސީހު ވަކިކުރުމަށްފަހު އެމަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމަށެވެ.