ހުޅުމާލެ ސެންޓްރޯ މޯލު ސަރަހައްދުން އަނެއްކާވެސް ފައިސާތަކެއް ފޭރިގެންފި

ސެންޓްރޯ މޯލް -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލެ ސެންޓްރޯ މޯލް ސަރަހައްދުން އަނެއްކާވެސް ފައިސާތަކެއް ފޭރިގަނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެއިން ފައިސާތަކެއް ފޭރިގަތް މައްސަލައެއް މިއަދު 12:36 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެއެވެ.

މި ފައިސާއަކީ ކޮން ތަނަކަށް ނިސްބަތްވާ ފައިސާއެއްކަމެއް ފުލުހުން ނުބުނެއެވެ.

ހުޅުމާލެ ސެންޓްރޯ މޯލު ތެރޭގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބެންކަށް ޖަމާކުރަން ގެންދިޔަ ދެ ލައްކަ ރުފިޔާ މިއަދު ފޭރިގެންފައި ވާއިރު މީގެ ކުރިން އެތަނުގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުން ފައިސާތަކެއް ނަގައިގެން ވޭނަށް އެރުމާ ދޭތެރޭ އެންސިސްގެ ދެ މިލިއަން ރުފިޔާވެސް ވަނީ ފޭރިގަނެފައެވެ.

comment ކޮމެންޓް