ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް: އެކަމަނާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ވަނީ ހާމަކޮށްފައި --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް މާދަމާ ހެނދުނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމުން ސިލްސިލާ ގޮތެއްގައި އެ ޕާޓީގެ އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ އެއްވުމުގައި މިރޭ ވަނީ ފަސްޓް ލޭޑީ މާދަމާ ހެނދުނު ރާއްޖެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފަ އެވެ.

ފާތިމަތު އިބްރާހިމް މާލެ ވަޑައިގަންނަވާތީ މާދަމާ ހެނދުނު 7:30 ގައި އެކަމަނާއަށް މަރުހަބާ ދެންނެވުމަށް އެއް ނަންބަރު ފާލަމަށް ދިއުމަށް ދިއުމަށް އެއްވުމުގެ ބައިވެރިންނާއި ޕީޕީއެމްގެ ސަޕޯޓަރުންނަށް ވެސް ގޮވާލަފަ އެވެ.

ފަސްޓް ލޭޑީގެ ދަތުރުފުޅާ ގޫޅޭ ގޮތުން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް ނުލިބެ އެވެ، ނަމަވެސް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށްފަހު ހަނގު ފިރިހެން ދަރިކަލުންނާއި އެކު ފާތުމަތު އިބްރާހިމް ވަޑައިގަތީ ސައުދީ އަރަބިއްޔާ އަށެވެ.

comment ކޮމެންޓް