ސަރަހައްދުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު ހަތަރު ވަނަ ފަހަރަށް އިރުފުއްޓަށް

ދަ ސަން ސިޔާމް އިރުފުށި ރިސޯޓު ހިންގާ ރަށް -- ފޮޓޯ/ ދަ ސަން ސިޔާމް އިރުފުށި

އިންޑިއާ ކަނޑު ސަރަހައްދުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު ހަތަރު ވަނަ ފަހަރަށް، ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

މި މަހުގެ ކުރީކޮޅު ދެކުނު އެފްރިކާގެ ޑާބަންގައި ވަނީ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ސަރަހައްދުގެ އެވޯޑުތައް ދިނުމުގެ ގާލާ ބާއްވައިފަ އެވެ. އެ ގާލާގައި، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ގިނަ ރިސޯޓުތަކަކަށް ތަފާތު ޝަރަފުތަކެއް ލިބިގެން ދިޔަ އެވެ.

މި އަހަރުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު ދަ ސަން ސިޔާމް އިރުފުށިން ހޯދީ، 12 ރިސޯޓަކާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހަ ރިސޯޓަކާއި، މަޑަގަސްކާ، ސީޝެލްސް އަދި މޮރީޝަސްގެ ރިސޯޓުތައް ހިމެނެ އެވެ.

މިއީ ދަ ސަން ސިޔާމް އިރުފުށިން އިންޑިއާ ކަނޑު ސަރަހައްދުގެ ލީޑިންގް ފެމިލީ ރިސޯޓުގެ އެވޯޑު ހޯދި ހަތަރު ވަނަ އަހަރެވެ. އެ ރިސޯޓަށް އެ އެވޯޑު އެންމެ ފުރަތަމަ ލިބުނީ 2014 ވަނަ އަހަރެވެ. އެއަށް ފަހު 2016، 2017 އަދި މި އަހަރު އެވެ.

ސަން އަކުއާ ވިލުރީފް ރިސޯޓުގެ މަންޒަރެއް -- ފޮޓޯ/ ވިލުރީފް

މީގެ އިތުރުން ސަން އަކުއާ ވިލުރީފް ރިސޯޓަށް އިންޑިއާ ކަނޑުގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑުވެސް ވަނީ ލިބިފަ އެވެ. އިންޑިއާ ކަނޑުގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު އެންމެ ފުރަތަމަ ދިނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ވެސް މި އެވޯޑު ލިބުނީ ސަން އަކުއާ ވިލުރީފް ރިސޯޓަށެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދުނިޔޭގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު، 2016 އަދި 2017 ވަނަ އަހަރުވެސް ވިލުރީފުން ވަނީ ހޯދައިފަ އެވެ.

ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އިތުރު އެވޯޑުތައް (އިންޑިއާ ކަނޑު):

 • ލީޑިންގް ޑައިވް ރިސޯޓު: ކޮންސްޓަންސް މޫފުށި
 • ލީޑިންގް ހަނީމޫން ރިސޯޓު: ޖޭއޭ މަނަފަރު
 • ލީޑިންގް ލެއިޝާ ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް
 • ލަގްޒަރީ އައިލެންޓް ރިސޯޓު: ދަ ސެއިންޓް ރީޖިސް ވޮއްމުލި މޯލްޑިވްސް
 • ލީޑިންގް މައިސް ހޮޓެލް: ހޮލިޑޭ އިން ރިސޯޓު ކަނޑޫމާ މޯލްޑިވްސް
 • މޯސްޓް ރޮމޭންޓިކް ރިސޯޓު: ބަރޮސް މޯލްޑިވްސް
 • ލީޑިންގް ބުޓީކް ހޮޓެލް ބްރޭންޑް: ކޮކޯ ކަލެކްޝަން

ދަ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓު ---

ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު އިތުރު އެވޯޑުތައް (ދިވެހިރާއްޖެ):

 • ލީޑިންގް އޯލް އިންކްލޫސިވް ރިސޯޓު: ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ
 • ލީޑިންގް ބީޗު ރިސޯޓު: ޑައިމަންޑްސް ތުނޑުފުށި
 • ލީޑިންގް ބުޓީކް ރިސޯޓު: އަމާޔާ ކުޑަރަށް މޯލްޑިވްސް
 • ލީޑިންގް ފެމިލީ ރިސޯޓު: އަނަންތާރާ ދިގު ރިސޯޓު މޯލްޑިވްސް
 • ލީޑިންގް ގްރީން ރިސޯޓު: އާވީ ނޭޗާސް ޕެރެޑައިސް
 • ލީޑިންގް ހަނީމޫން ރިސޯޓު: ފޯ ސީޒަންސް ޕްރައިވެޓް އައިލެންޑް އެޓް ވޯވަށް
 • ލީޑިންގް ލަގްޒަރީ އައިލެންޑް ރިސޯޓު: ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
 • ލީޑިންގް ލަގްޒަރީ ރިސޯޓު: ދަ ސެއިންޓް ރީޖިސް މޯލްޑިވްސް ވޮއްމުލި
 • ލީޑިންގް ލަގްޒަރީ ވިލާ ރިސޯޓު: ޖުމެއިރާ ވިއްޓަވެލި
 • ލީޑިންގް ރިސޯޓު: ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ
 • ލީޑިންގް ވިލާ ރިސޯޓު: އަނަންތާރާ ކިހަވަށް މޯލްޑިވްސް ވިލާސް
 • ލީޑިންގް ވޯޓާ ވިލާ ރިސޯޓު: ފޯ ސީޒަންސް ރިސޯޓު މޯލްޑިވްސް އެޓް ކުޑަހުރާ
comment ކޮމެންޓް