ނެޓްފްލިކްސް ސަބްސްކްރައިބަރުންގެ އަދަދު 137 މިލިއަނަށް

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު 137 މިލިއަނަށް އަރައިފިއެވެ.

މިއީ މިދިޔަ ކުއާޓަރުގައި ނެޓްފްލިކްސް ބޭނުންކުރި މީހުންނާ އަޅާބަލާއިރު ހަތް މިލިއަން އިތުރު އަދަދެކެވެ. އަދި އެ ކުންފުނިން ލަފާކުރި ވަރަށްވުރެ ދެ މިލިއަން އިތުރު އަދަދެކެވެ.

އަހަރު ނިމުމުގެ ކުރިން އިތުރު 9.4 މިލިއަން މީހުން ނެޓްފްލިކްސް ބޭނުންކުރަން ފަށާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވީޑިއޯ ސްޓްރީމިން ވެބްސައިޓް ނެޓްފްލިކްސ އިން ދަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުންގެ އަމިއްލަ ފިލްމުތަކާއި ސީރީޒްތައް އުފެއްދުމަށް ޕްރޮޑަކްޝަން ހައުސްއެއް ވަނީ ގަނެފައެވެ.

ނެޓްފްލިކްސްއިން ބުނާގޮތުގައި ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތައް އުފެއްދުމަށް އެކުންފުނިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އިންވެސްޓަރުންވެސް ނެޓްފްލިކްސްއަށް އިތުބާރު ކުރުމަށް ވަނީ އެދިފައެވެ.

ނެޓްފްލިކްސްއަށް މިދިޔަ އަހަރު ދެ ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާ އިރު މިއަހަރު ތިން ބިލިއަން ޑޮލަރު ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

comment ކޮމެންޓް