ސެމްސަންގުގެ 8ކޭ ޓީވީ އަށް ޕްރީއޯޑަރު ނަގަން ފަށައިފި، އަގަކީ 15000 ޑޮލަރު

ސެމްސަންގުން ބާޒާރަށް ނެރޭ ފުރަތަމަ 8ކޭ ކޮލެޓީގެ ޓީވީ އިއުލާނުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ އެވެ. މި ޓީވީ ހުސްވި މަހު ބާޒާރަށް ނެރެން ނިންމާފައިވީ ނަމަވެސް އަދި މި ޓީވީ އާންމުނަންށް ވިއްކަން ފަށައިފައެއް ނުވެ އެވެ. ނަމަވެސް މި ވަރުގަދަ ޓީވީ ގަންނަން ބޭނުންވާމީހުން މިހާރު ޓީވީ އަށް ޕްރީ އޯޑަރު ކުރަންވީ އެވެ. އަގަކީ 15،000 އެމެރިކާ ޑޮލަރެވެ.

ސެމްސަންގުން ނެރުނު 8ކޭ ޓީވީގެ ވޭރިއޭޝަންތަކަށް ބަލާއިރު 65 އިންޗި، 75 އިންޗި އަދި 82 އިނޗީގެ ޓީވީ ބާޒާރަށް ނެރެފައިވެ އެވެ. އަށްޑިހަ ފަސް އިންޗީގެ ޓީވީ މި މަހުގެ 28 އިން ފެށިގެން ޝިޕްކުރަން ފަށާނެ އެވެ.

މި ޓީވީއަކީ 4،000 ނިޓްސް އަށް ބްރައިޓްނެސް ބެހެއްޓޭނެ އެޗްޑީއާރު10+ ފޯމެޓް ސަޕޯޓު ކުރާ ޓީވީ އެކެވެ. 8ކޭ ކޮލެޓީގެ ކޮންޓެންޓް އަދި އާންމުކޮށް ނުދައްކާތީ، ސެމްސަންގުން ނިންމާފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މި ޓީވީ ގަންނަ މީހުންނަށް 8ކޭ ކޮލެޓީ ގައި ޓީވީ ބެލޭނެ ގޮތް ފަހިކޮށްދޭށެވެ.

comment ކޮމެންޓް