ރާއްޖެ އިޝްތިހާރުކުރަން ދިވެހި ހަ ފޮޓޯގްރާފަރަކަށް

ފޮޓޯގްރަފީ އެމްބެސެޑަރުންނަށް ހޮވުނު ފަރާތްތައް އެމްއެމްޕީއާރްސީގެ ވެރިންނާއެކު --- ފޮތޯ: ވިޒިޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ރާއްޖޭގެ ހަ ފޮޓޯގްރާފަރަކު އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށް ގެންދާ "ފޮޓޯގްރަފީ އެމްބެސެޑަރު" ޕްރޮގާމުގެ ދެވަނަ ބުރަށް ހޮވުނު ފޮޓޯގްރާފަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ފޮޓޯގްރަފީ އެމްބެސެޑަރުންގެ ޕްރޮގްރާމަކީ ރާއްޖޭގެ ފޮޓޯގްރާފަރުންނަށް ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ފޮޓޯގްރާފަރުން އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސަނީ އެއް އަހަރަށެވެ. އެމްއެމްޕީއާރްސީ އާއެކު ރާއްޖެ " ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގައި ރާއްޖެއިން ބޭރަށް ޕްރޮމޯޓު ކުރުމަކީ މި ފޮޓޯގްރާފަރުންގެ މަސްއޫލިއްޔަތެކެވެ.

ފޮޓޯގްރާފަރުން ނަގާ ފޮޓޯތައް އެމްއެމްޕީއާރްސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކާއި ރާއްޖޭން ބޭރުގައި ބާއްވާ ޓޫރިޒަމް ފެއާތައް އަދި ވިޒިޓް މޯލްޑިވްސް ވެބްސައިޓުގައި ޝާއިއު ކުރާނެއެވެ.

comment ކޮމެންޓް