މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން މިރޭ

މަޓާޓޯ ޓްރެވަލް އެވޯޑްސް 2017 ގެ ތެރެއިން --- ފޮޓޯ: މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން، މިރޭ އޮންނާނެއެވެ.

މިރޭގެ އެވޯޑު ދިނުމުގެ ހަފްލާ އޮންނާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.

ގެސްޓްހައުސް އެޑިޝަންގެ އެވޯޑުތަކަށް، ރާއްޖޭގެ 60 އެއްހާ ގެސްޓްހައުސް ކުރިމަތިލާފައިވެއެވެ. މަޓާޓޯއިން ކުރިން ބުނި ގޮތުގައި 15 ކެޓަގަރީއަކުން 111 ނޮމިނޭޝަނެއް ރަޖިސްޓާކޮށްފައި ވެއެވެ.

މިދިޔަ އަހަރު މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަނުން ލީޑިންގް ގެސްޓްހައުސްގެ އެވޯޑު ލިބުނީ ކ. މާފުށީގެ އެރީނާ ބީޗު ހޮޓެލްއަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ދޭ ކެޓަގަރީތަކަކީ:
ގެސްޓްހައުސް ކެޓަގަރީތައް:

  • ލީޑިންގް ގެސްޓްހައުސް
  • ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓްހައުސް
  • ލީޑިންގް ގެސްޓްހައުސް - ޑައިވިންގް އެންޑް ވޯޓާސްޕޯޓްސް
  • ލީޑިންގް އީކޯ-ފްރެންޑްލީ ގެސްޓްހައުސް
  • ލީޑިންގް ބިޒްނަސް ގެސްޓްހައުސް
  • ލީޑިންގް ހެރިޓޭޖް ގެސްޓްހައުސް
  • ލީޑިންގް އެޑްވެންޗާ ގެސްޓްހައުސް
  • މޯސްޓް އިނޮވޭޓިވް ގެސްޓްހައުސް ކޮންސެޕްޓް

އައިލެންޑް، ބްރޭންޑް އަދި ސާވިސް ކެޓަގަރީތައް:

  • ލީޑިންގް ގެސްޓްހައުސް ބްރޭންޑް
  • ލީޑިންގް ޓްރާންސްޕޯޓު ސާވިސް ޕްރޮވައިޑާ
  • ލީޑިންގް ގެސްޓްހައުސް އައިލެންޑް
  • ލީޑިންގް ބީޗު އައިލެންޑް

މަޓާޓޯއިން ދޭ އެވޯޑުތައް:

  • ލީޑިންގް ބިޒްނަސް ޑިވެލޮޕްމަންޓް ޕާޓްނާ ފޯ ދަ ގެސްޓްހައުސް އިންޑަސްޓްރީ
  • ނިއު ކަމާ އޮފް ދަ އިޔާ
  • މޯސްޓް ސަޕޯޓިވް ގެސްޓްހައުސް

ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނަކީ؛

  • ޕްލެޓިނަމް ޕާޓްނާ: އުރީދޫ މޯލްޑިވްސް
  • ގޯލްޑް ޕާޓްނާ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ
  • ގޯލްޑް ޕާޓްނާ: އެލިއާ
  • ސިލްވާ ޕާޓްނާ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިން ޕާޓްނާ: ޕްރިން ޓްލެބް
  • ފޮޓޯގްރަފީ ޕާޓްނާ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނާ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނާ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނާ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނާ: ބްލަކް
  • ހޯސްޓް ޕާޓްނާ: އެޗްޑީސީ
  • މާކެޓިން ޕާޓްނާ: ފީލް މޯލްޑިވްސް
  • އިވެންޓް ޕާޓްނާ: އޮބްޖެކްޓް

ޓްރެވަލް އެވޯޑްގެ ގާލާ އެޑިޝަން އޮންނާނީ ފަހުގެ ތާރީހެއްގައެވެ. އަދި ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގެ އެވޯޑުތައް ދިނުން އޮންނާނީ ވެސް ގަލާ އެޑިޝަންގައެވެ.

comment ކޮމެންޓް