ފަސްޓްލޭޑީގެ މައިންބަފައިންގެ ހަނދާނުގައި މިސްކިތެއް ހުޅުވައިފި

ފަސްޓްލޭޑީ ފާތިމަތު އިބްރާހިމްގެ މަންމާފުޅާއި ބައްޕާފުޅުގެ ހަނދާނުގައި ހުޅުމާލޭގައި މިއަދު ހުޅުވި މަސްޖިދުލް ވާލިދައިން --- ފޮޓޯ/ ޕީއެސްއެމް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ މަންމާފުޅާއި، ބައްޕާފުޅުގެ ހަނދާނުގައި، ހުޅުމާލޭގައި މިއަދު މިސްކިތެއް ހުޅުވައިފި އެވެ.

ފަސްޓްލޭޑީގެ މަންމާ ފުޅު އައިޝަތު މޫސާ އާއި ބައްޕާފުޅު އިބްރާހިމް މުހައްމަދު ދީދީގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުއްވައިދެއްވީ ރައީސް ޔާމީނެވެ.

މަސްޖިދުލް ވާލިދައިން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މެޑަމް --- ފޮޓޯ/ ޕީއެސްއެމް

"މަސްޖިދުލް ވާލިދައިން"ގެ ނަން ދީފައިވާ މިސްކިތް ހުޅުވައި ދެއްވުމަށް ފަހު، ރައީސް ޔާމީން އަދި މެޑްމް ފާތުން ވަނީ މިއަދުގެ އަސުރު ނަމާދު ޖަމާއަތުގައި އެ މިސްކިތުގައި ކުރައްވާފަ އެވެ.

ހުޅުމާލޭ ރެހެންދި ސުކޫލު ކައިރީގައި ބިނާ ކޮށްފައިވާ އެ މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގައި އަންހެނުން ނަމާދު ކުރުމަށް ޚާއްސަ ބައެއް ވެސް ހުރެ އެވެ.

comment ކޮމެންޓް