މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މިވަގުތަށް މީހުން ވަޅުލުން މެދުކަނޑާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ހުޅުމާލެ ސަހަރާގައި ވަޅުލުން މެދުކަނޑާލީ ކަށްވަޅު ކޮނުމުން ހަ އިންޗިއާއި ހަތް އިންޗިއާއި ދެމެދަށް ފެން އަރައެވެ.
އެހެންވެ، މައްޔިތުން ވަޅުލުން އާސަހަރާއަށް ބަދަލުކޮށްފައިވާކަން އެކައުންސިލުން ހާމަކުރިއެވެ.
https://x.com/MaleCitymv/status/2126246934222692860
ވިއްސާރަ ދުވަސްވަރަށް ހުޅުމާލެ ސަހަރާގައި ފެން ނުހިނދިގެން، މީގެ ކުރިން ވެސް ވަޅު ނުލެވޭ ފަހަރު އާދެއެވެ. އެގޮތުން، މިދިޔަ އޮކްޓޫބަރު މަހު ފަހުކޮޅު ވެސް އެހެން ދިމާވެ، މީހުން ވަޅުލުން އާ ސަހަރާއަށް ބަދަލުކުރިއެެވެ.
މީގެ ކުރިން މާލޭގެ އާސަހަރާ މިސްކިތް ތަރައްގީކުރުމަށް އެ ތަން ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލެ އާސަހަރާގައެވެ.
މިއަދު ހެނދުނު ވަނީ މާލެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައެވެ.