އެމްޑީޕީގެ ވެރިކަން ނިމުނުއިރު އޮތް ދަރަންޏާ އެއްވަރުގެ މަސައްކަތެއް ކޮށްފައެއް ނުވޭ: ރައީސް

ރައީސް ކޮނޑޭ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ދެހާސް ބާރަވަނަ އަހަރު އެމްޑީޕީއިން ވެރިކަން ދޫކޮށްލި އިރު ދޫކޮށްފައި ދިޔަ ދަރަންޏާ އެކަށީގެންވާ ވަރުގެ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ތ. ދިޔަމިގިލި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް މިހާރު އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ ދެން ސަރުކާރަކާ ހަވަލުވާ ބަޔަކަށް އޮންނާނީ ބޮޑު ދަރަންޏެއްކަމަށް ބުނެ ކިޔާ ފާޑުކިޔުން ކަމަށެވެ.

"މި ދަރަނި އޮތްލެއް ބޮޑުކަމުން މި ހުރިހާ ބޭފުޅުން ކަންބޮޑުވާ ވާހަކަ މި ދައްކަނީ. އެކަމަކު ފަހަރުގައިވެސް ކީއްތޯ ވާނީ އެބޭފުޅުންގެ ހިޔާލަށް ގެންނެވިއްޔާ، އެބޭފުޅުންގެ ވެރިކަމެއް ނިންމަވާފައި ރައްޔިތުންނާ ވަކިވެގެން ވަޑައިގެންނެވި އިރު އެބޭފުޅުން ދޫކޮށްލެއްވިޔޭ ދެން އަންނަ ސަރުކާރަކުން ފޫބެއްދުމަށް ދެކޮޅު ނުޖެހޭ ގޮތަށް ކޮށްފައި ހުރި ކަންކަން،"

ރައީސް ވިދާޅުވީ ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ދެ އަހަރާއި ބައިގެ ސަރުކާރު ނިމުނު އިރު މުއްދަތުގައި ލިބޭނެ އާމްދަނީއާ އެއްވަރު މިންވަރެއްގެ ދަރަންޏެއް ކަމަށެވެ.

"ދަރަންޏާ ދޭތެރޭ ކަންބޮޑުވާންވީ އެބޭފުޅުންތޯ؟ ދަރަންޏާ ދޭތެރޭ އެބޭފުޅުން ކަންބޮޑުވަންޏާ އެބޭފުޅުން އެވަރުގެ ބޮޑު ދަރަންޏެއް ދުލެއް ނުކުރާނެ،"

އެ ވަރުގެ ބޮޑު ދަރަންޏެއް ދޫކޮށްފައިދިޔައިރު ރައްޔިތުންނަށް ކޮށްދިން ކަމެއް ފެންނަން ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަން ބަދަލުކުރުމަށް އިއްތިހާދު ހަދައިގެން ތިބި މީހުން މިހާރު ތިބީ އެމްޑީޕީއަށް ބައިއަތު ހިފައިގެން ކަމަށެވެ. އެއާޕޯޓު ޖީއެމްއާރަށް ދިން މައްސަލާގައި އޭރު އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް މިހާރު ނުދައްކަނީ ކީއްވެތޯ ރައީސް ވަނީ ސުވާލު އުފައްދަވައިފައެވެ.

ޑިސެމްބަރު 23 އިއްތިހާދު ހަދައިގެން އޭރު އެމްޑީޕީ އާ ދެކޮޅަށް، އަދި މިހާރު އެއްކޮޅު މީހުން ދެއްކި ވާހަކައަކީ އޭރު އޮތް ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކަންތައް ނުކޮށްދޭ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިއްތިހާދުން ކުރި މަސައްކަތަކީ ގައުމެއްގެ ގޮތުގައި އޮންނަން ބޭނުންވާ ބަހާތައް ރައްކާތެރިކުރުމަށް ޖިހާދެއް ކުރުން ކަމަށެވެ.

"މި އިހްތިޖާޖު މި ގޮތަށް ކުރަމުންދަނިކޮށް އޭރު އޮތް ސަރުކާރު އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ވަޑައިގަތްކަންވެސް އަޅުގަނޑުމެންނާއެކު އޭރު ތިއްބެވި ބޭފުޅުން، މިހާރު އެހެންނަމަވެސް އިދިކޮޅުން ޖާގަ ހޯއްދަވައިގެން މުގޯލި އަޅުއްވާ ބޭފުޅުން އެ ވާހަކަ ދައްކަވަނީ. މިހާރު މުޅިން މަންޒަރު ބަދަލުވީ،" ރައީސް ވިދާޅުވީ ސިޔާސީ މީހުން ވާހަކަ ދައްކާއިރު އެކި ކުލަކުލަ މަންޒަރުގައި ޖައްސާނެ ކަމަށެވެ. ތަންދިރު ދަންނަ ބައެއް މީހުން އެކަމާ މޮޅަށް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އޭގެ ތެރެއަށް ވަޑައިގަތީމަ ކޮންކަހަލަ ގުޅުމެއްތޯ، ކޮންކަހަލަ ކުލުނެއްތޯ ކޮންކަހަލަ ރަހުމެއްތޯ އެމްޑީޕީ ސަރުކާރުން އޮންނާނީ؟،" އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑަށް އިދިކޮޅުގައި މަސައްކަތްކުރި މީހުން އެމްޑީޕީއާޢެކު މަސައްކަތް ކުރަން ފަށާފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޯލިޝަންގެ ސަރުކާރެއް އުފައްދަން އެއްބަސްވި ނަމަވެސް އެކަން އެގޮތަށް ނުހިނގާކަން އެމްޑީޕީގެ ސަރުކާރުން ފެނިފައިވާ ކަމަށެވެ. އޭރުވެސް މިހާރުވެސް އެމްޑީޕީއާއެކު ބައިއަތު ހިފައިގެން ތިބީ އެއްބައެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އިދިކޮޅުގެ މެނިފެސްޓޯގައި އެންމެ ބާރަށް ދައްކާ ވާހަކައަކީ ކޯލިޝަނެއްގެ ވެރިކަން ރެގިއުލޭޓުކުރާނެކަމަށް ބުނެ ދައްކާ ވާހަކަ ކަމަށާއި ގާނޫނަކުންް އެކަން ރެގިއުލޭޓުކުރަން އުޅުމަކީ ދެ ލީޑަރުން ދޭތެރޭ ވެވޭ އެއްބަސްވުމަކަށް އެއްވެސް ކަހަލަ އިހުތިރާމެއް ނޯންނާނެކަން ދޭހަވާ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެމީހެއްގެ ދޭތެރޭ [ދެބައެއްގެ ދޭތެރޭ] ހުންނަ މިކަހަލަ މުއާމަލާތް އިތުބާރެއްކަމަށް ބުނެ ބިނާ ކުރާ މުއާމަލާތް ގާނޫނަކުން އެކަންކަން ނިންމާ ހިސާބަށް ދިޔައީމާ އޭގެ މާނަ އެބަ އެނގޭ. އެގްރިމެންޓު ކުރުމާ ހިސާބުން އެބޭފުޅުން ގަބޫލު ކުރައްވާ ހިސާބު އެ ވިދާޅުވަނީ. އެކަން އެބޭފުޅުން ދައްކަވައިވެސްފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކަކީ ރައްޔިތުންނާ ބައްދަލުވެ ވާހަކަ ދެކެވުމަށްފަހު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ހިމަނާފައިވާ ކަންތައްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށްރަށަށް ބޭނުންވާ ކަންތައްތަކާ ތަރައްގީއާ އޮތް ގުޅުން އިދިކޮޅު ފަރާތްތަކަށް ބުނެދެން ޖެހިފައިވާ ކަމަށެވެ.

comment ކޮމެންޓް