ޓީވީ ޕްރެޒެންޓަރު ޕްރިންސްގެ ކައިވެނި އަންނަ އޮކްޓޯބަރުގައި!

ޕްރިންސް އަދި ޔުވިކާ---

އިންޑިއާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ޕްރިންސް ނަރޫލާ 28، އާއި އޭނާގެ ލޯބިވެރިޔާ ޔުވިކާ ޗައުދަރީ 35، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކައިވެނި ކުރާނެ ކަމުގެ އަޑު ފެތުރިއްޖެއެވެ.

ޕްރިންސާއި ޔުވިކާ އެންގޭޖްވެފައިވާއިރު ޔުވިކާ ބުނީ މިއަހަރު ތެރޭގައި ކައިވެނިކުރާނެ ކަމަށެވެ.

"މިއަހަރު އަހަރެން ކައިވެނި ކުރާނަން. އެންމެންނަށް ވެސް އެނގޭނެ. ކައިވެނީގެ ތައްޔާރީތައް ވަމުން މިއަންނަނީ. ބައެއް ތާރީހުތައް އެބަހުރި ނަގާފައި. އެކަމަކު އަދި ތާރީހެއް ފައިނަލެއް ނުވޭ،" ޔުވިކާ ބުންޏެވެ.

ޕްރިންސް ބުނީ ކައިވެނިކުރާނެ ތަނެއް އަދި ހަމަޖައްސާފައި ނުވިނަމަވެސް ކައިވެނިކުރާނީ ޕަންޖާބް ސްޓައިލަށް ކަމަށެވެ.

ޔުވިކާ އަކީ ބޮލީވުޑް ފިލްމު ތަކުގައި ވެސް ހަރަކާތްތެރިވެފައިވާ ފަންނާނެކެވެ.

ޔުވިކާ އާއި ޕްރިންސް ވަނީ ކަލާސް އިން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް ނުވައެއް ކާމިޔާބުކޮށްފައެވެ. އަދި އެދެތަރިން ދިމާވީ ވެސް އެ ސެޓުގެ ތެރެއިންނެވެ.

comment ކޮމެންޓް