ޕާކިސްތާނުގެ އަންހެންކުދިން ކިޔަވާ 12 ސްކޫލު އެއްރޭ މަތިން އަންދާލައިފި

ޕާކިސްތާނުގައި އަންހެންކުދިން ތައުލީމު ހާސިލްކުރާ 12 ސްކޫލެއް އެއްރޭ މަތިން އަންދާލައިިފިއެވެ.

ސްކޫލުތަކުގައި ރޯކޮށް އަންދާލީ ކޮންބައެއްކަން ނޭނގޭ ކަމަށާއި ނަމަވެސް އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕާކިސްތާނުގެ ފުލުހުން ބުނެއެވެ. އެގައުމުގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި ބައެއް ސްކޫލުތައް އަންދައިލުމުގެ އިތުރުން އެތަންތަނުގައި ވަނީ ގޮވާތަކެތިވެސް ހަރުކޮށްފައެވެ.

މި ހާދިސާ އާއެކު ކިޔަވައިދޭތަންތަން ރައްކާތެރިކުރުމަށް ގޮވަލާ ޕާކިސްތާނުގައި ވަނީ މުޒާހަރާ ފަށައިފައެވެ.

ޕާކިސްތާނުގެ އުތުރުގެ ސަރަހައްދުތަކުގައި އަންހެން ކުދިން ކިޔަވާ ތަންތަނަށް އަމާޒުކޮށް ހަމަލާދިނުމަކީ އާންމު ކަމެކެވެ. މިއަހަރުގެ ކުރީކޮޅުވެސް ވަނީ ޕާކިސްތަނުގައި އަންހެންކުދިން ކިޔަވާ ސްކޫލުތަކެއްގައި ރޯކޮށްލައިފައެވެ.

ފާއިތުވި 10 އަހަރުތެރޭ ޕާކިސްތާނުގެ 1500 ސްކޫލެއް އަންދާލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް