ނޯޓު9ގެ ލޯންޗު ވީޑިއޯވެސް ސެމްސަންގުން ލީކުކޮށްލައިފި

ސެމްސަންގަކީ އެމީހުންގެ އަމިއްލަ އުފެއްދުންތައް އާންމު ކުރުމުގެ ކުރިން އެކްސިޑެންޓަކުން ނަމަވެސް ލޯންޗު ވީޑިއޯތައް އާންމުކުރާ ބަޔަކަށް ވަނީ ވެފައެވެ.

ގެލެކްސީ އެސް9 ލޯންޗު ކުރުމުގެ ކުރިން އެމީހުން ވަނީ އޭގެ ލޯންޗު ވީޑިއޯ އޮފިޝަލް ވެސް ވެބްސައިޓުގައި "އޮޅުމަކުން" އާންމުކޮށްފައެވެ.

މި މަހު ނެރެން ނިންމާފައިވާ ގެލެކްސީ ނޯޓު9ގެ ވީޑިއޯއެއްވެސް ސެމްސަންގުން ވަނީ އެމީހުންގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި 512 ޖީބީގެ ގެލެކްސީ ނޯޓެއް މިފަހަރު ބާޒާރަށް ނެރޭނެއެވެ. ނޫކުލައިގެ ފޯނާއެކު ރީނދޫ ކުލައިގެ ސްޓައިލަސް އެއް ވެސް ވީޑިއޯ އިން ފެނެއެވެ.

މިއީ ބެޓެރީ ގިނަ ވަގުތު ހިފަހައްޓާނެ، ވަރުގަދަ ފޯނަކަށް ވާނެއެވެ. މި މަހު 9ގައި ނެރެން ނިންމާފައިވާ މި ފޯނުގެ ޕްރީ އޯޑަރަށް ހުޅުވާލާފައިވާކަމަށްބުނެ ވެސް ސެމްސަންގުން ވަނީ އެމީހުންގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

comment ކޮމެންޓް