ޓޯޔޯޓާއަށް 5.88 ބިލިޔަން ޑޮލަރުގެ ބޮޑު ފައިދާއެއް

ޓޮޔޯޓާ: ދެ ވަނަ ކުއާޓަރުގައި 2.3 މިލިޔަން ވެހިކަލް ވިއްކި.-- ފޮޓޯ: ގެޓީ އިމޭޖަސް

ކާރު އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރީގައު އުޅޭ އެއް ކުންފުނި ކަމަށްވާ ޓޮޔޯޓާއަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 5.88 ބިލިޔަން ޑޮލަރުގެ ބޮޑު ފައިދާއެއް ލިބިއްޖެއެވެ.

އެއީ އެ ކުންފުނިން ކުރިން ލަފާކޮށްފައި އޮތް ވަރަށް ވުރެ ބޮޑު ފައިދާ އެކެވެ. އަދި ދެ ވަނަ ތިން މަހުގެ ފައިދާ ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ އަށް ވުރެ ހަތް ޕަސެންޓް އިތުރުވެފައެވެ.

ގިނަ ތަޖުރިބާކާރުން ލަފާކޮށްގެން ތިބީ އެ ކުންފުނީގެ ފައިދާ، ދެ ވަނަ ކުއާޓަރުގައި ދަށްވާނެ ކަމަށެވެ.

ޓޮޔޯޓާއިން ބުނީ ކުރިން ލަފާކުރިވަރަށް ވުރެ ފައިދާ އިތުރުވީ ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކޮށް، އޭޝިޔާގައި އެ ކުންފުނީގެ ވިޔަފާރި ވަރުގަދަ ވުމުން ކަމަށެވެ.

މި އަހަރުގެ ދެ ވަނަ ތިން މަހުގެ ތެރޭގައި އެ ކުންފުނިން 2.3 މިލިޔަން ވެހިކަލް ވިއްކާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 21،020 ވެހިކަލް އިތުރު އަދަދެކެވެ.

comment ކޮމެންޓް