ދަރިމައިވުމުގެ ސިއްހަތު ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ހިލޭ އެހީ

ދަރިމައި ވުމުގެ ސިއްހަތު ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން އެހީވުން --

ދަރިމައިވުމުގެ ސިއްހަތު ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)އަށް 1.13 މިލިއަން ރުފިޔާގެ ހިލެ އެހީ ފޯރުކޮށްދެން ނިންމައިފިއެވެ.

ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) ސްކީމުގެ ދަށުން މި އެހީ ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓަކެޗީ މިދޯރީ އާއި ޝީގެ ސީއީއޯ އިޔާޝާ ލީނާއެވެ.


މި އެހީގެ ދަށުން 10 ކްލިނިކަލް އިކުއިޕްމަންޓު ޝީއަށް ޖަޕާނުގެ ފަރާތުން ފޯރުކޮށްދޭނެއެވެ.

މި އެހީގެ ދަށުން ޝީގެ ތެލެސީމިއާއާއި ޑައިގްނޯސިސް ލެބޯޓަރީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެއެވެ.

މީގެ އިތުރުން، ޖީން ސީކުއެންސިން ޓެކްނޮލޮޖީއާއި ސްކޭން ކުރުމުގެ ޚިދުމަތްތަކުގެ އިތުރުން އިން ހައުސް ފެމިލީ ޕްލޭނިން ކްލިނިކް ވެސް މި އެހީއާއެކު އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށް ޖަޕާން އެމްބަސީން ވަނީ ބުނެފައެވެ.

ޖަޕަނީސް އޮފިޝަލް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ދަށުން ކުރިއަށް ގެންދާ ޖީޖީޕީ އަކީ ރާއްޖޭގެ އެކި ދާއިރާތަކަށް އެހީ ފޯރުކޮށްދިނުމަށް ޖަޕާނު ސަރުކާރުން ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ތިމާވެށީގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

comment ކޮމެންޓް