ސެމްސަންގުގެ އާ ޓެބް ދައްކާލައިފި

ސެމްސަންގުން ނެރުނު ޓެބް އެސް 4 ---

ސެންސަންގުން އަލަށް ނެތޭ ޓެބްލެޓު އާންމުކޮށްފިއެވެ.

އިއްޔެ މެންހެޓަންގައި ބޭއްވި ކުޑަ ނިއުސް ބްރީފިންއެއްގައި ޓެބްގެ ވާހަކަތައް އާންމު ކުރި އިރު، " ޓެބް އެސް4" އަކީ ޓެބްލެޓެއްގެ އިތުރުން ޕީސީ އެއްގެ "ފީލް" ވެސް ގެނެސްދޭނެ އުފެއްދުމަކަށް ވާނެއެވެ.

ހޯމް ބަޓަން އެއް ހިމަނާފައި ނުވާ މި އުފެއްދުމަކީ 10.5 އިންޗީގެ ޑިސްޕްލޭ އާއެކު ނެރޭ ޓެބްލެޓެކެވެ. ޓެބާއެކު އެސް ޕެން އެއްވެސް ހިމަނާފައިވެއެވެ. އަގަށް ބަލާއިރު 64 ޖީބީގެ ޓެބް 650 ޑޮލަރަށް އަދި 256 ޖީބީގެ ޓެބް 750 ޑޮލަރަށް ލިބޭނެއެވެ. 16 ގަޑިއިރަށް ބެޓެރީ ހިފަހައްޓައިދޭނެ މި ޓެބްގައި އެޕަލްގެ އައިޕެޑް ޕްރޯ އާ އެއްގޮތަށް ސްޕީކަރު ވަނީ ހިމަނައިފައެވެ.

މި އުފެއްދުން މި މަހުގެ 10 އިން ފެށިގެން އާންމުކޮށް ގަންނަން ލިބޭނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ސެމްސަންގުން އަންނަނީ އެމީހުންގެ ފްލެގްޝިޕް ފޯނުތަކުގެ ތެރެއިން އެންމެ ޚާއްސަ ނޯޓު ސީރީޒްގެ އާ ފޯނު ލޯންޗުކުރަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް