އިލެކްޝަންސްގެ މެމްބަރު ކަމަށް ނަޝާތުގެ ނަން ހުށަހަޅައިފި

އިލެކްޝްންސް ކޮމިޝަނުގެ މެމްބަރު ކަމަށް ރައީސް ޔާމީން ހުށަހެޅުއްވި އަލީ ނަޝާތު ---

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް މިހާރުވެސް އެ ކޮމިޝަނުގެ ޑިރެކްޓަރެއް ގޮތުގައި މަސައްކަތް ކުރައްވާ އަލީ ނަޝާތުގެ ނަން، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެމްބަރަކަށް ހުންނެވި ހުސައިން ޝަކީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީން މިއަދު ފޮނުއްވެވި އަލީ ނަޝާތުގެ ނަން މަޖިލީހުގެ ރައީސްގެ މަޖިލީހުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އަދި އޭނާގެ ނަންފުޅު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.

މިނިވަން މުއައްސަސާތަކާ ބެހެ ކޮމިޓީން ނަޝާތުގެ ނަން ދިރާސާކޮށް އެކަށީގެންވާ ވަރަށް މާކްސް ލިބިއްޖެ ނަމަ ނަޝާތުގެ ނަން ތަޅުމަށް ފޮނުވަައި ވޯޓަށް އަހާނެއެވެ. ބެލެވޭ ގޮތުން މި ހަފްތާ މަޖިލީހުގައި އެކަމާ ބެހޭ ގޮތުން ވޯޓަށް އަހާނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމަށް އައްޔަން ކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފެވެ. މިހާރު ޝަރީފަކީ އިލެކްޝްންސް ކޮމިޝަނުގެ ރައީސެވެ.

comment ކޮމެންޓް