އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ޚާއްސަ އައުޓްލެޓެއް ސްޓާބަކްސް އިން ހުޅުވަނީ

ސްޓާބަކްސް އިން އަޑުއިވުމުން މަހުރޫމު ވެފައިވާ މީހުންނަށް ޚާއްސަކޮށްގެން މެލޭޝިއާގައި ހިންހާ އައުޓްލެޓުގެ މުވައްޒަފުން --- ފޮޓޯ: ސްޓާބަކްސް

ކޮފީ ފްރެންޗައިޒް ސްޓާބަކްސް އިން އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ޚާއްސަ އައުޓްލެޓެއް އެމެރިކާގައި ހުޅުވަން ނިންމައިފިއެވެ.

ސްޓާބަކްސް އިން ބުނީ އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނާއި އަޑު އިވުމުގައި މައްސަލަ ހުންނަ މީހުންނަށް ހާއްސަކޮށްގެން "ސައިނިން ސްޓޯ" ހުޅުވާނީ މިއަހަރުގެ އޮކްޓޯބަރު މަހު ވޮޝިންޓަންގައި ކަމަށެވެ.

މި އައުޓްލެޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގޮތުގައި ނަގާނީވެސް އަޑު އިވުމުން މަހުރޫމުވެފައިވާ ނުވަތަ އެފަދަ މައްސަލަތައް ހުރި މީހުން ކަމަށާއި މިއީ މުޖުތަމައުގައި އެމީހުންނަށް ފުރުސަތުތައް ހުރިކަން އަންގައިދިނުމަށް ކުރާ ކަމެއް ކަމަށް ސްޓާ ބަކްސް އިން ބުނެއެވެ.

ސްޓާބަކްސް އިން މެލޭޝިއާގައިވެސް ސައިން ސްޓޯއެއް ހިންގައެވެ.

އަޑު އިވުމުން މަހުރޫމުވެފައިވާ މީހުންނަށް ޚާއްސަ އައުޓްލެޓުތައް ހުޅުވައި މުޖުތަމައުގައި އެމީހުންނަށް ވެސް ފުރުސަތު އޮތްކަން އަންގައިދިނުމަށް ސްޓާބަކްސް އިން ކުރާ މަސައްކަތްތަކަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

އާ އައުޓްލެޓުގައި ބޭނުންކުރާ މަގް ތަކާއި ސްޓޯރުގައި ހަރުކުރާ އާޓްވޯކުތަކަކީވެސް އަޑު އިވުމުން މަހުރޫވުވެފައިވާ މީހުންގެ ޑިޒައިންތަކެއް ކަމަށް ސްޓާ ބަކްސް އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް