ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ޑައިވް ރޮބޮޓް ބޭނުންކުރަނީ

ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ޑައިވަރުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ހުކުރު ދުވަހު އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނާތީ، އޭނާ ހޯދުމަށް ޑައިވް ރޮބޮޓް ބޭނުންކުރަން ފަށައިފިއެވެ.

ކަނޑުއަޑީގެ އެއާ ޕްރެޝަރާއި އެހެނިހެން އުނދަގޫތަކާ އިންސާނުންނަށް ކުރިމަތިލާން ޖެހުނަސް، ރޮބޮޓް ބޭނުންކޮށްގެން ވަރަށް ފުން ހިސާބުތައް ބަލައި ހެދެއެވެ.

ދާދި ފަހުން އައްޑޫގައި ގެއްލުނު ކުދިން ހޯދުމަށް އެމްއެންޑީއެފުން ވަނީ ރޮބޮޓް ބޭނުންކޮށްފައެވެ.

https://sun.mv/107982

އެމްއެންޑީއެފުން ބުނީ އެ މުއައްސަސާގެ ސީޖީ ޑައިވަރުންނާއެކު، ދިއްގަރު ޑައިވިން ސްކޫލާއި، ވިލަމަންދޫ ސްކޫލާއި، މާބައިދޫ ފުލުހުންނާއި، ލިލީ ބީޗް ރިސޯޓް އަދި ވިލަމަންދޫގެ ޑައިވަރުން ވެސް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ޑައިވަރުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު މީހާ ހޯދައިދިނުމަށް އެހީވުމުގެ ގޮތުން އެ ސަރަހައްދުން ދަތުރުކުރާ އެއާ ޓެކްސީތަކުގެ އެހީއަށް ވެސް އެދިފައިވާ ކަމަށް އެމްއެެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ފިރެހަނަކު ކަނޑަށް ވެއްޓުނީ ޓާގެޓް ނަަމަކަށް ކިޔާ ފަންސާސް ފޫޓުގެ ދޯންޏަކުން ކަމަށެވެ.

އެ ހާދިސާގައި ކަނޑަށް ވެެއްޓުނީ ފ. ބިލެއްދޫ އުތުރުގޭ އުމުރުން 56 އަހަރުގެ އަހުމަދު ނަސީރެވެ. އެ ހާދިސާ ހިނގިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށިކުލައިގެ ފަޓުލޫނެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް