ފާނައިގެ މަސްްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓި ގެއްލިއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

އދ. އަތޮޅުގައި އޮންނަ ވިލަމަންދޫ އައިލެންޑް އެންޑް ރިސޯޓް ސްޕާ ކައިރިން ފާނައިގެ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން މީހަކު ކަނޑަށް ވެއްޓި ގެއްލިގެން އެންއެންޑީއެފުންް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކޮށްފައިވަނި މިއަދު މެންދުރު 02:38 ކަންހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ފިރެހަނަކު ކަނޑަށް ވެއްޓުނީ ޓާގެޓް ނަަމަކަށް ކިޔާ ފަންސާސް ފޫޓުގެ ދޯންޏަކުން ކަމަށެވެ.

އެ ހާދިސާގައި ކަނޑަށް ވެެއްޓުނީ ފ. ބިލެތްދޫ އުތުރުގޭ އަހުމަދު ނަސީރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އޭނާގެ އުމުރަކީ 56 އަހަރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާ ހިނގިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާ މުށިކުލައިގެ ފަޓުލޫންއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އޭނާ ހޯދުމަށް އެ މުވައްސަސާގެ ސީޖީ ޑައިވަރުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެެވެ.

comment ކޮމެންޓް