އިބޫ އާއި ފައިސަލާ އެކުގައި އައްޑޫގައި ކެމްޕެއިން ފަށައިފި

އިދިކޮޅުގެ ރިޔާސީ ކެމްޕެއިނަށް އިބޫގެ ރަނިން މޭޓް ފައިސަލް ނަސީމް މިއަދު ގުޅިވަޑައިގަތް މީޑިއާ މައުލޫމާތު ދެނީ --- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްދު ސޯލިހް(އިބޫ) އާއި ރޭ ޖޭޕީ އިން އިންތިހާބުކުރި އިބޫގެ ރަނިން މޭޓް، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާ އެކު ކެމްޕެއިން ފަށައިފި އެވެ.

އިބޫގެ ރަނިން މޭޓަކަށް ފައިސަލް އިންތިހާބްކޮށްފައި ވަނީ ރޭ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ސިއްރު ވޯޓުގައި އެއް ވޯޓުގެ ތަފާތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

އިދިކޮޅު ޕާޓީތަކުން ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަ އިރު އިބޫ އިސްކޮށް ހުންނަވައިގެން ވަނީ އިއްޔެ އައްޑުއަށް ވަޑައިގެން ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ފައިސަލް ނަސީމް ކެމްޕެއިންނާ ގުޅިވަޑައިގަތީ މިއަދު ހެނދުނު އެވެ. ޖޭޕީ އިން ފައިސަލާ އެކު ރަނިންމޭޓް ކަމަށް ވާދަކަކުރެއްވި އަލީ ހުސައިން ވެސް ވަނީ އައްޑޫއަށް ވަޑައިގެންފަ އެވެ.

އައްޑު އަށް ފަހު އިދިކޮޅުގެ ކެމްޕެއިން ޓީމް ދިއުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކަށެވެ. އިބޫ އާއި ފައިސަލް ރާއްޖޭގެ އެންމެ ދެކުނުގައި ކެމްޕެއިން ކުރަމުން އަންނަ އިރު މާލޭގައި ވެސް އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ފަރާތްތަކުން އަންނަނީ ޑޯޓް ޑޯގެ ހަރަކާތްތައް ހިންގަމުންނެވެ.

އަދި ސަރުކާރު ހިންގާ ޕީޕީއެެމްގެ ލީޑާޝިޕުން ވެސް އަންނަނީ މާލޭގައި ދޮރުން ދޮރަށް ކެމްޕޭން ކުރަމުންނެވެ.

comment ކޮމެންޓް