އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެ ރަނގަޅަށް މައުލޫމާތު ފޯރުކޮށްދޭ އިދާރާއަކަށް ކޮންމެ އަހަރަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ. ވޭތުވެ ދިޔަ ދެ އަހަރުވެސް އެ އެވޯޑު ހޯދާފައިވަނީ އޭސީސީންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ރަންވަނައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން ދައުލަތުގެ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެވޯޑަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެކަމާ ގުޅޭ ފޯމު ފުރުއްވައި މިމަހު 16 ވަނަ ދުވަހުގެ ދޭޖެހުމުގެ ކުރިން ހުށަހެޅުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
މައުލޫމާތު ހޯދާ ލިބިދިނުމުގެ ހައްގުގެ ބައިނަލް އަގުވާމީ ދުވަހު ރަންވަނަ ހޮވުން އޮންނާނެ ކަމަށް އިފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ. އެއީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.