Sun Online
ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވުލޫތު ޗަވުޝޯލޫއާ ބައްދަލުކުރައްވާފަ -- ފޮޓޯ: ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު މެވުލޫތު ޗަވުޝޯލޫއާ ބައްދަލުކުރައްވާފަ -- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އާސިމް، ތުރުކީގެ ފޮރިން މިނިސްޓަރަށް މަރުހަބާ ވިދާޅުވެއްޖެ

ރުގިއްޔާ މުހައްމަދު މޫސާ
ލިޔުނީރުގިއްޔާ މުހައްމަދު މޫސާ

ތުރުކީގެ ފޮރިން މިނިސްޓަރު ކަމަށް މެވުލޫތު ޗަވުޝޯލޫ އަނެއްކާވެސް އައްޔަން ކުރެއްވުމާ ގުޅިގެން، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޗަވުޝޯލޫއަށް މަރުހަބާ ވިދާޅުވެ ޑރ. އާސިމް ފޮނުއްވި މެސެޖުގައި ވަނީ މިނިސްޓަރާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައި އެވެ. އަދި މުސްތަގުބަލުގައި ރާއްޖެ އާއި ތުރުކީއާ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވިދާޅުވެފައި އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ކަމަށް ޗަވުޝޯލޫ އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެވެ. މިދިޔަ މަހު ތުރުކީގެ ރިޔާސީ އިންތިހާބު އުރުދުޣާން ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ރައީސް އުރުދުޣާނަށް މަރުހަބާ ވިދާޅުވެފައި އެވެ.

ރައީސް އުރުދުޣާންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. އާސިމް ތުރުކީއަށް ވަޑައިގެންނެވި އެވެ. އަދި އެދަތުރުފުޅުގައި މިނިސްޓަރު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރު ޗަވުޝޯލޫއާ ބައްދަލު ކުރައްވާފައި އެވެ.

އެބައްދަލުވުމުގައި ދެބޭފުޅުން ވަނީ ރާއްޖެ އާއި ތުރުކީގެ ގުޅުމާ ބެހޭ ގޮތުންނާއި، ވިޔަފާރި އާއި ތިމާވެއްޓާއި ހިއުމަން ރިސޯސަސް ފަދަ ދާއިރާތަކުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ.

infinity loading...
×
DB released 01.