އުރުދުޣާން ހުވާކުރެއްވުމުގެ ޖަލްސާއަށް ފޮރިން މިނިސްޓަރު ތުރުކީއަށް

އދގެ ޖެނެރަލް އެސެމްބްލީގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވާހަކަފުޅު ދައްކަވަނީ

ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ހުވާކުރެއްވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ތުރުކީއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިއަދު ތުރުކީގެ ވެރިރަށް އަންކާރާގައި ބާއްވާ ހުވާކުރުމުގެ ދަރުބާރުގައި ފޮރިން މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

https://sun.mv/107152

ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރެއްވީ 55 ޕަސެންޓުގެ ވޯޓާއެކުއެވެ. އުރުދުޣާންގެ ޕާޓީން ވަނީ އެގައުމުގެ އާންމު އިންތިޚާބުގެ ސާފު އަޣުލަބިއްޔަތުވެސް ހޯއްދަވައިފައެވެ.

ރާއްޖެއާއި ތުރުކީ އާ ދެމެދު ޚާރިޖީ ގުޅުން ގާއިމު ކޮށްފައިވަނީ 38 އަހަރު ކުރިންނެވެ.

comment ކޮމެންޓް