ނިޕާ ވައިރަސް ނައްތާލެވުނުކަން އިއުލާނު ކުރީ ލަވައަކުން!

ނިޕާ ވައިރަސް އިންފެކްޝަން ފެތުރެނީ އެއިންފެކްޝަން ޖެހިފައިވާ ވާލާއި އޫރުގެ ޒަރިއްޔާއިން -- ފޮޓޯ: އޭއެފްޕީ

އިންޑިއާގައި ފެތުރުނު ނިޕާ ވައިރަސް ކޮންޓްރޯލުކޮށް ނައްތާލެވުނުކަން އިއުލާނު ކޮށްފިއެވެ.

ވާލުގެ ޒަރިއްޔާއިން ފެތުރުނު މި ބަލީގައި ކެރެލާ ސްޓޭޓުން 17 މީހަކު މަރުވިއެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މެއި މަހުގެ ތެރޭގައެވެ. އެބަލީގައި ފުރަތަމަ ތިން މީހުން މަރުވިއެވެ.

ނިޕާ ވައިރަސް 19 މީހެއްގެ ގައިން ފެނުނު އިރު މި ބަލި ޖެހުނު ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރަނގަޅު ވުމުން ވަނީ ދޫކޮށްލައިފައެވެ. އެމީހުންގެ ހާލު މިހާރު ރަނގަޅެވެ.

ކެރެލާއިން ނިޕާ ނައްތާލެވުނުކަން އިއުލާނުކުރީ އެ ސަރަހައްދުގެ އާޓީސްޓުންތަކެއް ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯ ލަވައަކުންނެވެ. މިއީ ކެރެލާގެ އެކުވެރިކަން ދައްކައިދޭ ލަވައެެއް ކަމަށް އެ ގައުމުގެ ސްޓޭޓު ޑިޕާޓްމެންޓުން ބުނެއެވެ.

comment ކޮމެންޓް