އެޑްވަޓޯރިއަލް: އާރްއޯޕީ ލޭޒާގެ ފަރުވާ ރާއްޖޭގައި ދޭ ފުރަތަމަ ހޮސްޕިޓަލަކަށް އައިކެއަރ

އާރުއޯޕީ ލޭޒާގެ ފަރުވާ ރާއްޖޭގައި ދޭ ފުރަތަމަ ހޮސްޕިޓަލަކަށް ވަނީ އައިކެއަރ ---ފޮޓޯ: އައިކެއަރ

ދުވަސްނުފުރާ ވިހާ ތުއްތު ކުދިންނަށް ޚާއްޞަ ލޮލުގެ ލޭޒާ ފަރުވާއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިކެއަރ ހޮސްޕިޓަލްއިން ހަދައިފިއެވެ.

ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ (އާރުއޯޕީ) އަކީ އާންމުކޮށް ދުވަސްނުފުރާ ވިހާ ތުއްތު ކުދިންގެ ފަރާތުން ފެންނަ ސީރިއަސް މައްސަލައެކެވެ.

އެއީ އެކުދިން ވިހާއިރު، ލޮލުގެ އެތެރޭގައި އިންނަ ރެޓީނާ ފުރިހަމައަށް ނުއުފެދި ހުރުމުން، ލޭނާރުތަކެއް އުފެދެން ނުޖެހޭ ގޮތަކަށް އުފެދި ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ފާރު ހެދި ރެޓީނާ ހަލާކު ވެއެވެ.

މި މައްސަލަ އާންމުކޮށް ފެންނަނީ 32 ހަފުތާ ފުރުމުގެ ކުރިން ދުނިޔެއަށް އުފަންވާ ކުދިންނާއި، އުފަންވާއިރު 1500 ގްރާމަށް ވުރެ ބަރުދަން ލުއި ކުދިންގެ ފަރާތުންނެވެ.

އައިކެއަރއިން ބުނީ މި ފަރުވާ ފުރަތަމަ ފަހަރަށް ދީފައިވަނީ ނޮވެމްބަރު 23 ވަނަ ދުވަހުގައި ކަމަށާއިި އެ ހޮސްޕިޓަލުގައި މި ފަރުވާ ފުރަތަމަ ދީފައި ވަނީ 32 ހަފުތާގެ ދުވަސްނުފުރި އުފަންވި ތުއްތު ފިރިހެން ކުއްޖަކަށެވެ.

މި ތުއްތު ކުއްޖާއަށް ފަރުވާ ކުރީ އާދައިގެ ނޫން ލޭ ނާރުތައް ރެޓީނާގައި އުފެދޭކަން ފާހަގަވުމާ ގުޅިގެން ކަމަށް އައިކެއަރއިން ބުންޏެވެ. އެ ފަރުވާއަށް ފަހު، ރެޓިނާގެ ޙާލަތު ރަނގަޅުވެ، ގޯސް ނާރުތައް ފާހަގަކުރެވޭ މިންވަރަކަށް މަދުވެފައި ވާކަން ފާހަގަ ކުރެވިފައިވާކަމަށް އައިކެއަރއިން ބުންޏެވެ.

މި ޕްރޮސީޖާ ހެއްދެވީ އައިކެއަރ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ސްޕެޝަލިސްޓް އަދި ސާޖަން ޑރ. މުޙައްމަދު އައްޒާމް އެވެ.

މި ފަރުވާގައި ލޮލުގެ ރެޓީނާއަށް ލޭޒާ އައްޔެއް އަޅުވައި، ލޮލުގައި އުފެދޭ "ނޯމަލް ނޫން" ނާރުތައް ކުޑަކޮށްލާ ކަމަށް އައިކެއާ އިން މައުލޫމާތު ދިނެވެ. މި ފަރުވާ ދިނުމުގައި ތުއްތުކުއްޖާއަށް ވީހާ ވެސް އުނދަގޫ ކުޑަ ގޮތަކަށް ފަރުވާދިނުމާއި ކުއްޖާގެ ރައްކާތެރިކަމަށް އިސްކަން ދޭ ކަމަށް އައިކެއަރއިން ބުނެއެވެ.

އައިކެއަރ އިން ބުނީ އައިކެއަރގައި މި ފަރުވާ ފެށިފަހުން 10 އާރްއޯޕީ ލޭޒާ ވަނީ ކާމިޔާބު ކަމާއެކު ދެވިފައި ކަމަށެވެ.

މިއީ އެއް މަހާއި ދެ މަހާ ދޭތެރޭގެ ކުދިންނެވެ. މީގެކުރިން އާރްއޯޕީގެ ކުރިން ފާރުވާއަށް ދާންޖެހެނީ ރާއްޖެއިން ބޭރަށެވެ.

އައިކެއަރއިން މި ޚިދުމަތް ތައާރަފުކުރުމަކީ ކުޑަކުދިންގެ ލޮލުގެ ފަރުވާ ކުރިއެރުވުމަށް ރާއްޖޭގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އައިކެއަރއިން ބުންޏެވެ.

މި ފަރުވާއާއެކު، ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ނުރައްކާ އޮތް ތުއްތުކުދިންގެ އެ ހިއްސު ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު އައުވުމުގެ އިތުރުން ރާއްޖޭގައި ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އައިކެއަރއިން ބުނެއެވެ.

comment ކޮމެންޓް