މަސްތުވާތަކެއްޗާއެކު އިންޑިއާއިން ހައްޔަރުކުރި ތިން ދިވެހިންނާ ގުޅުންހުރި އިތުރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާއިން ހައްޔަރުކުރި ދިވެހިން ހެކިހޯދުމަށް ހޮޓަލަކަށް ގެންދަނީ: މި ތިން މީހުންނާ ގުޅުންހުރި އިތުރު ދިވެއްސަކު ވަނީ ހައްޔަރުކޮށްފައި ފޮޓޯ: ދަ ހިންދޫ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން މިދިޔަ މަހުގެ ތެރޭގައި އަތުލައިގަތް ތިން ދިވެހިންނާ ގުޅުންހުރި އިތުރު ދިވެއްސަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަލް އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި 17 ކިލޯގެ ހަޝިޝް އޮއިލްއާއެކު ޓްރެވިންޑްރަމްއިން ހައްޔަރުކުރީ ޝާނީޒް މަހީރު 27، އައިމަން އަހުމަދު، 24 އަދި އިބްރާހިމް ފައުޒާން ސާލިހެވެ.

https://sun.mv/106429

އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސްއިން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން އަމްހަރު ރަޝީދު ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ ދިވެއްސަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ތިނަދުއަށް އުފަން އެ ޒުވާނާއަކީ އިންޑިއާގައި ޑިގްރީ ކޯހެއް ހަދަމުންދިޔަ ޒުވާނެއް ކަމަށް ފުލުހުންގެ މަސްދަރުތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

ނާކޮޓިކްސް ސެލް އެސިސްޓަންޓް ކޮމިޝަނަރު ޝީން ތަރަޔިލްއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އަމްހަރަކީ މީގެ ކުރިން ހައްޔަރުކުރި އައިމަންގެ ރަހަމަތްތެރިއެއް ކަމަށެވެ. އަދި އޭނާ އަތުލައިގެންފައިވަނީ އައިމަން ހައްޔަރު ކުރިކަން އެނގުމުން، ކެރެލާ ދޫކޮށް ރާއްޖެ ދާން އުޅެނިކޮށް ކަމަށް ބުނެފައިވެއެވެ.

އަދި އަމްހަރަކީވެސް މިދިޔަ މަހު ހައްޔަރުކުރި ތިން ދިވެހިން އުޅޭ އިންޓަނޭޝަނަލް ރެކެޓެއްގެ މެމްބަރެއް ކަމަށާއި ކެރެލާގައި ހަރަކާތްތެރިވާ ޑީލަރުން އަތުން މަސްތުވާތަކެތި ގަންނަނީ އަމްހަރު ކަމަށް ބުނެފައިވެއެވެ.

އަދި އެތަކެތި މީގެ ކުރިން ހައްޔަރުކުރި ތިން މީހުންނާ ހަވާލުކުރުމަށް، ބަހައްޓާފައި ހުންނަނީ އޭނާ ކުއްޔަށް އުޅޭ ގޭގައި ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

comment ކޮމެންޓް