ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ތިން ދިވެއްސަކު ހައްޔަރު ކޮށްފި

އިންޑިއާގެ ޓްރެވިންޓްރަމް---

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އިންޑިއާއިން ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުން 17 ކިލޯގެ ހަޝިޝް އޮއިލް އާއެކު ޓްރެވިންޑްރަމްއިން ހައްޔަރުކޮށްފައިވަނީ ޝާނީޒް މަހީރު 27، އައިމަން އަހުމަދު، 24 އަދި އިބްރާހިމް ފައުޒާން ސާލިހ،ް 29 ކަމަށެވެ.

ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަލް އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި މަސްތުވާތަކެތީގެ އަގު ހަތް މިލިއަން ޑޮލަރަށްއަރާނެ ކަމަށް އިންޑިއާނެ ނޫސްތަކުން ބުނެއެވެ.

މަސްތުވާތަކެއްޗާއެކު އިންޑިއާ އިން ހައްޔަރު ކުރި ތިން ދިވެހިން. މަހީރު (މ)، އައިމަން (ކ) އަދިފައުޒާން (ކ) --- ފޮޓޯ: ޓައިމްސް އޮފް އިންޑިއާ

މި މައްސަލާގައި ހައްޔަރު ކުރި ޝާނީޒް އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އެކި ގައުމުތަކުން ހޯދަމުން އަންނަ މީހެއް ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ބޮޑު ނެޓްވޯކެއް ގެންގުޅޭ މީހެއް ކަމަށް އިންޑިއާ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މި މައްސަލާގައި ދެން ހައްޔަރު ކުރި ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހުން ކަމަށާއި އެމީހުންނާ ޑްރަގް ނެޓްވޯކުތަކާ ގުޅުން އޮންނަ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެއެވެ.

އިންޑިއާ ފުލުހުން ދަނީ މި މަސައްލައާ ގުޅުންހުރި އިތުރު ބަޔަކު ވޭތޯ ބަލަމުންނެވެ.

ދާދިފަހުން އަވައްޓެރި ސްރީލަންކާ އިންވެސް ވަނީ މަސްތުވާ ތަކެއްޗާއެކު ދިވެހިންތަކެއް ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް