ފިލްމާއި ޑޮކިއުމަންޓްރީ ހަދާނެ ފަރާތްތަކެއް ތަމްރީންކުރަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. ފިލްމާއި ޑޮކިއުމަންޓްރީ ހަދާނެ ފަރާތްތަކެއް ތަމްރީންކުރަން ނިންމާފައިވާކަމަށް ސައީދު ވިދާޅުވި-- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ޒުވާނުންނަށް އެކިއެކި ތަމްރީންތައް ދިނުމުގެ ގޮތުން ފިލްމާއި ޑޮކިއުމަންޓްރީ ހަދާނެ ފަރާތްތަކެއް ތަމްރީންކުރަން ނިންމައިފިއެވެ.

މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި އެކައުންޓިން ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ފިލްމާއި ޑޮކިއުމެންޓްރީ އުފައްދާނެ ފަރާތްތަކެއް ފަންޑުކޮށްގެން މިހަފުތާގެ ތެރޭގައި މާކެޓަށް ނެރޭނެ ކަމަށެވެ.

'' އިރާދަކުރެއްވިއްޔާ އެ އިންޑަސްޓްރީއަކީ ދިވެހި ޒުވާން ޓެލެންޓް ނެރެވޭނެ އިންޑަސްޓްރީއެއްކަމުގައި ގެރެންޓީޑް ފަންޑެއްގެ ގޮތުގައި މިދެންނެވި ޕަބްލިކްސާވިސާސް މީޑިއާއާއެކު އަޅުގަނޑުމެން ވާނީ ސޮއިކޮށްފަ، މި ހިދުމަތްދޭން މިހިދުމަތަށް ބޭނުންވާ ޓެލެންޓް އުފެއްދުމަށްޓަކައި،'' ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޒުވާނުންނަށް އިތުރުު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން މިހާރު ބައެއް އިންޑަސްޓްރީތައް ލޯކަލައިޒް ކޮށްފައިވާ ކަމަަށެވެ. އެގޮތުން 1000 ފޮޓޯގްރާފަރުން ތަމްރީންކުރުމަށް ހިންގި ޕްރޮގްރަމާށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެހެންނަމަވެސް އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

''މާލެއާ މާދުރުނޫން ހިސާބުގައި ހުރި ރިސޯޓެއްގައި ދިވެހި ޓެލެންޓް އެބަހުރި ހަޔާކޮށްފައި ދިހަ ހާސްޑޮލަރަށް އެންމެ ސެޝަންއަކަށް.'' މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހިންގެ އަގާއި ބާރު އަދި ހުނަރު އެބަހުރިކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

comment ކޮމެންޓް