ގެދޮރު ގަތުމަށް މޮރިޝަސް ބޭންކުންވެސް ނަގާ ލޯނުގެ ޑައުންޕޭމެންޓަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ!

މޮރިޝަސް ކޮމާޝަލަ ބޭންކުގެ އިމާރާތެއް-- ފޮޓޯ: އެމްސީބީ

ގެދޮރު ގަތުމަށް މޮރިޝަސް ކޮމާޝަލް ބޭންކުން ދޫކުރާ ހޯމް ލޯނުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ ފައިސާއަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނި ގޮތުގައި، މޮރިޝަސް ކޮމާޝަލް ބޭންކާ އެކު އެކަމާ ބެހޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކާއި މޮރިޝަސް ބޭންކުގެ މެނޭޖިންގް ޑިރެކްޓަރު ޑެޒެރޭ ލިއޯއެވެ.

ޕެންޝަން އޮފީހުން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބައިވެރީންގެ ތެރެއިން، މޮރިޝަސް ކޮމާޝަލް ބޭންކުން ގެދޮރުގެ ލޯނުގެ ޑައުންޕޭމެންޓް ނުވަތަ އޯނާސް އިކުއިޓީ ދެއްކުމަށް ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓްގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެއެވެ.

މޮރިޝަސް ބޭންކުގެ އިތުރުން ޕެންޝަން އޮފީހުން ވަނީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފއިނޭންސް ކޯޕަރޭޝަނާ އެކު މިފަދަ އެއްބަސްވުން އެކުލަވާލައިފައެވެ.

comment ކޮމެންޓް